އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ މޭޖަރ އަހުމަދު އާތިފްގެ ހަށިގަނޑު ވަޅުލައިފި އެވެ.
އާތިފްގެ ޖަނާޒާގެ ކަންކަން އޮތީ މާލޭ އާސަހަރާގައެވެ. ކަށު ނަމާދުކޮށް ފަސްތާނުލެވިފައިވަނީ މިރޭ 23.30 ހާއިރެވެ.
އާތިފް ނިޔާވެފައި ވަނީ އާދީއްތަ ދުވަހު ކުއްލިގޮތަކަށެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައީ އާދިއްތަ ދުވަހުގެ ރެ އެވެ. ހދ ހަނިމާދޫން އާތިފްގެ ހަށިގަނ މާލެއަށް ގެނެސްފައި ވަނީ އެމްއެންޑީއެފް އިންނެވެ.
އެމްއެންޑީއެފްއަށް 30 ވަރަކަށް އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ އާތިފު ނިޔާވެފައިވާކަން އެނގުނީ އާދީއްތަ ދުވަހު މެންދުރު 12 ޖަހާކަށްހާއިރު ޚަބަރެއް ނުވެގެން ކޮޓަރިތެރެ ބެލިއިރުގައެވެ.
އާތިފަށް ވަނީ "ގައުމީ ޚިދުމަތް ދިނުމުގެ އެވޯޑް" ވެސް ލިބިލައްވާފައެވެ.
މީގެ އިތުރުން ދާދިފަހުން އެމްއެންޑީއެފުން ބޭއްވި "ވޮއިސްއޮފް އެމްއެންޑީއެފް" ގެ ޖަޖްކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.