ކ. މާލެ
|
9 ޖެނުއަރީ 2025 | ބުރާސްފަތި 10:02
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ސުޕަ ކަޕް
ބިލްބާއޯ ބަލިކޮށް، ބާސެލޯނާ ސުޕަ ކަޕްގެ ފައިނަލަށް
14 ފަހަރު ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ ބާސެލޯނާ އަކީ، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ގަވީ އެވެ. އޭނާ އެ ލަނޑު ޖެހީ އަލެހާންޑްރޯ ބާލްޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ ލަމީން ޔަމާލް އެވެ. އެ ލަނޑު ޖަހަން ޔަމާލް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ގަވީ އެވެ.

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާ ނިކުންނާނީ ރެއާލް މެޑްރިޑު އަދި މަޔޯކާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. 14 ފަހަރު ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ ބާސެލޯނާ އަކީ، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

- ކޮމެންޓް