ކ. މާލެ
|
5 ޖެނުއަރީ 2025 | އާދީއްތަ 09:18
ޕެލަސް އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން
ޕެލަސް އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ޕެލަސް ކައިރިން ވެސް ޗެލްސީ އެއްވަރު
ލީގުގައި އެންމެ ފަހުން ޗެލްސީ މޮޅުވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން ޗެލްސީން ހަތަރު މެޗު ކުޅެފައިވާއިރު، ދެ މެޗުން ބަލިވެ އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް، ޗެލްސީ އެއްވަރުވެއްޖެ އެވެ.

ޕެލަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޗެލްސީންނެވެ. ނަމަވެސް ޕެލަސް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ޗެލްސީ އަށް ލަނޑު ޖަހައި ކުރި ހޯދައިދިނީ ކޯލް ޕާމާ އެވެ. އޭނާ އެ ލަނޑު ޖެހީ ޖޯޑަން ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ވެސް މެޗުގައި ޗެލްސީ އަށް ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕެލަސް އިން ކުރި މަސައްކަތް ކާމިޔާބުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު ޕެލަސް އަށް ޖަހައިދިނީ ހުއަން ފިލީޕް މަޓޭޓާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮސްދިނީ އެބްރެޗޭ އެޒޭ އެވެ.

މި ސީޒަންގައި ރަނގަޅު ނަތީޖާތަޖެއް ނެރެމުން އައި ޗެލްސީގެ ނަތީޖާ މި ވަނީ ދަށްވެފަ އެވެ. ލީގުގައި އެންމެ ފަހުން ޗެލްސީ މޮޅުވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން ޗެލްސީން ހަތަރު މެޗު ކުޅެފައިވާއިރު، ދެ މެޗުން ބަލިވެ އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގު ތާވަލްގައި ޗެލްސީ އޮތީ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ޗެލްސީ ކުޅެފައިވާ 20 މެޗުން 36 ޕޮއިންޓު ހޯދައިގެންނެވެ.

- ކޮމެންޓް