ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 19:09
އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)
އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)
ރާއްޖެއެމްވީ
ޕާޕާގެ ޖަލު ހުކުމް
ޕާޕާގެ އަނބިކަނބަލުންގެ ކަންބޮޑުވުންތައް ކޮމިޝަނަރ އޮފް ޕްރިޒަން އަށް ބަންޑުން ކޮށްލައިފި
ޕާޕާއަށް އިންސާނީ ހައްގުތަށް ފުރިހަމައަށް ކަށަވަރުކޮށްދީފައެއް ނުވޭ
ސިއްހީ ފަރުވާ ފުރިހަމައަށްދީފައެއް ނުވޭ
ޕާޕާއަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިިދިޔަ އަހަރުގެ ޖޫން މަހު

ޕާޕާއަށް ލިބެން ޖެހޭ އިންސާނީ ހައްގުތަކުން މަހުރޫމު ކުރަމުންދާ ކަމަށް ބުނެ އޭނާގެ އަނބިކަނބަލުން ކޮމިޝަނަރ އޮފް ޕްރިޒަން އަށް ސިޓީއެއް ފޮނުވައިި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗު " ފިނިފެންމާ" ގައި ބޮމެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ރައީސް ޔާމީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އޭރު އެންމެ އިސްކޮށް ހުރި އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)ގެ މައްޗަށް އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމަށް ބުނާ ދައުވާ ސާބިތުވެގެން، ކޮށްފައިވާ ދެ އަހަރާއި 8 މަސް ދުވަހުގެ ޖަލު ހުކުމް އޭނާ ދަނީ ތަންފީޒު ކުރަމުންނެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް އެޑްރެސް ކުރައްވައި ޕާޕާގެ އަނބިކަނބަލުން މަރިޔަމް ހޫރުޝީދާ ފޮނުވައިފައިވާ ސިޓީގައި ބުނެފައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން މާފުށީ ޖަލުގައި 2 އަހަރާއި 8 މަހުގެ ޖަލު ހުކުމެއް ތަންޒީފު ކުރަމުންދާ އިރު 2015 ވަނަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހުން ފެށިގެން ނުހައްގުން ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ފުރަތަމަ ބަންދު ކުރެވުނީ ސިފައިންގޭގައި ކަމަށެވެ. އަދި އެއަށް ފަހު 2016 ވަނަ އަހަރުގެ ޖޫން މަހު މާފުށީ ޖަލަށް ގެންދެވުނީއްސުރެ މިއަދާއި ހަމައަށް ޕާޕާގެ އެތައް ހައްގުތަކުން ފާޅުގައި މަހުރޫމު ކުރަމުންދާކަމަށް ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.

އެގޮތުން ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ބެހޭ މީހުންނާއި ކޯޓު އަމުރުގެ ދަށުން ހުކުމް ތަންޒީފުކުރާ މީހުންނަށް އަމަަލުކުރަންޖެހޭ ގަވައިދާ ހިލާފަށް ޕާޕާއާއި މެދު އަމަލުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުުރުން  މެޑިކަލް ގަވައިދާ ހިލާފަށް ކަރެކްޝަނުން ޕާޕާ އާއި މެދު އަމަލުކުރަމުންދާ ކަމަށް އޭނާގެ އަނބިކަނބަލުން ފޮނުވާފައިވާ ސިޓީގައި ބުނެ އެވެ. ޕާޕާގެ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދެއްކުމަށް ފަހު  ގަވައިދުން ފިޒިޔޮތެރަޕީ ހެދުމަށް ޑޮކްޓަރު ލަފާދީފައިވީ ނަމަވެސް މީހާތަނަށް ފިޒިޔޮތެރަޕީ ހެދުމަށް ގެންގޮސްފައި ވަނީ ދެ ފަހަރު ކަމަށް ސިޓީގައި ބުނެ އެވެ. އެގޮތުން ފިޒިތެރަޕީ ނުދޭތާ 3 މަސްވެފައިވާ ކަމަށް ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. މީގެ އިތުރުން ޕާޕާގެ ދަތުގެ ފަރުވާއަށް ޑޮކްޓަރަށް ދައްކައިދިނުމަށް އެތައް ފަހަރަކު އެދުނު ނަމަވެސް އެކަން ވެސް މިއަދާއި ހަމައަށް ކަރެކްޝަނުން ކޮށްދީފައިނުވާ ކަމަށް ޕާޕާގެ އަނބިކަނބަލުން ވަނީ ފާހަގަ ކޮށްފައެވެ.

ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރުގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނަށް ލިބިދޭން ޖެހޭ  އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާއި ބެހޭ ގަވައިދުގެ 13 ވަނަ މާއްދާގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މަސައްކަތް ނުކުރާ ގައިދީން މޫސުން ތަންދޭނަމަ ދުވާލަކު އެއް ގަޑިއިރަށް ކަސްރަތު ކުރުމަށްޓަކާއި ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެ ކަމަށް ސާފު އިބާރާތުން ބަޔާންކޮށްފައިވީ ނަމަވެސް ޕާޕާ 24 ގަޑިއިރު ބަންދުކޮށްފައި ބައިންދާ ކަމަށް ސިޓީފައި ބުނެ އެވެ.

ޕާޕާ އަކީ 30  އަހަރު ދުވަހަށް ވުރެ ގިނަ މުއްދަތައް ދައުލަތަށް ހިދުމަތް ކޮށްދެއްވާ  ރައީސުލްޖުމްހޫރިއްޔާ ޕެންޝަން ހަމަޖައްސަވައި ދެއްވާފައިވާ ފަރާތްތަކަށް ވާހިނދު އޭނާއަށް އެފަދަ އެއްވެސް އިނާޔަތެއް މިއަދާއި ހަމައަށް ހަމަޖެހިފައިނުވާކަން ޕާޕާގެ އަނބިކަނބަލުން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
22 އޯގަސްޓް 2017 | އަންގާރަ 10:17
އަލީ
މީނަ ކެޑި ކަޑުލުގެ ހިތި ފިލުވަނީ ހަމަ މީނަދޯ؟