ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 10:47
ރައީސް ނަސީދު ތަގްރީރް ކުރައްވަނީ
ރައީސް ނަސީދު ތަގްރީރް ކުރައްވަނީ
ސަބްރާ
ރައީސް ނަޝީދު
ކަމަދޫން ފެނިގެން ދިޔައީ ރައީސް ޔާމީން ވޯޓަކަށް އައްސެވުމުން ނުކުންނާނެ ނަތީޖާ: ރައީސް ނަޝީދު
ބައި އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް

ކުޑަ އާބާދީއެއް އޮންނަ ބ. ކަމަދޫގެ ބައި އިލެކްޝަނުން ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީން ވޯޓަކަށް އެއްސެވުމުން ވާނެ ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވާދަވެރިން ޖަލުގައި ބައިތިއްބަވައިގެން، ސިފައިން ލައްވައި މަޖިލިސް ހިސޯރުކުރުވައިގެން ރާއްޖޭގެ ކުޑަ ރަށަކުން ވޯޓަށް އެއްސެވީމާ ކަންތައްތައް ވެގެންދިޔަ ގޮތް ކަމަދޫން ފެނިގެން ހިނގައްޖެކަމަށެވެ.

 

ހޮނިހިރު ދުވަހު ބޭއްވި ކަމަދޫ ބައި އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ސާޖިދެވެ. އޭނާ އަށް 170 ވޯޓް ލިބިފައިވާއިރު، ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާއިޒަށް ލިބިފައިވަނީ 142 ވޯޓެވެ. ކަމަދޫގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 338 ފަރާތުން ތިބި އިރު މި އިންތިހާބުގައި ވޯޓުލާފައިވަނީ 315 މީހުންނެވެ.

ކަމަދޫ ބައި އިލެކްޝަން ސަރުކާރަށް ގެއްލިފައިވާއިރު، މެއި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު ޕާޓީތަކުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް