ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 18:39
ރައީސް މުހައްމަދު ނަޝީދު، ރަށެއްގެ ބަނދަރުމަތީގައި ކުޑަކުއްޖަކާއި ވާހަކަދައްކަވަނީ
ރައީސް މުހައްމަދު ނަޝީދު، ރަށެއްގެ ބަނދަރުމަތީގައި ކުޑަކުއްޖަކާއި ވާހަކަދައްކަވަނީ
ރައީސް އޮފީސް
ކަމަދޫ ބައި-އިލެކްޝަން
ކަމަދޫ އިންތިހާބުގެ ނަތީޖާއިން ހާމަކޮށްދިނީ މުޅި ރާއްޖޭގެ ބަސް: ރައީސް ނަޝީދު
ކަމަދޫގެ ވޯޓުން ރަމްޒުކޮށްދިނީ ހަމަ އެކަނި ކަމަދޫގެ ރަށްވެހިން ރައީސް ޔާމީންގެ ސަރުކާރާއި ދޭތެރޭ ދެކޭގޮތެއް ނޫން
އެއީ މުޅި ރާއްޖެ ރައީސް ޔާމީންގެ ސަރުކާރާއި ދޭތެރޭ ދެކޭގޮތުގެ ބަސް
ކަމަދޫ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރީ 169 ވޯޓު ހޯދައިގެން
ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާޒިމްއަށް ލިބުނީ 142 ވޯޓު

ހޮނިހިރު ދުވަހު ބޭއްވި ބ. ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ނަތީޖާއިން ހާމަކޮށްދިނީ މުޅި ރާއްޖޭގެ ބަސްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވާއިރު، އެކަމާއި ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި  ވިދާޅުވެފައި ވަނީ، ހޮނިހިރު ދުވަހު ކަމަދޫގެ ވޯޓުން ރަމްޒު ކޮށްދިނީ ހަމަ އެކަނި ކަމަދޫގެ ރަށްވެހިން ރައީސް ޔާމީންގެ ސަރުކާރާއި ދޭތެރޭ ދެކޭގޮތް ނޫން ކަމަށެވެ. އަދި އެއީ މުޅި ރާއްޖެ ރައީސް ޔާމީންގެ ސަރުކާރާއި ދޭތެރޭ ދެކޭގޮތުގެ ބަސްކަމަށާ ލާމަރުކަޒީ އުސޫލުން މުޅި ރާއްޖެ  ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

 

ކަމަދޫ ކައުންސިލް އިންތިހާބު އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބު ކުރީ 169 ވޯޓު ހޯދައިގެންނެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ  ކެންޑިޑޭޓް އަލީ ނާޒިމްއަށް ލިބުނީ 142 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް