ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 17:16
ކަމަދޫ ބައި އިލެކްޝަން އެމްޑީޕީ ކެމްޕެއިންގެ ތެރެއިން
ކަމަދޫ ބައި އިލެކްޝަން އެމްޑީޕީ ކެމްޕެއިންގެ ތެރެއިން
މުހައްމަދު ޝަރުހާން
ކަމަދޫ ބައި-އިލެކްޝަން
ކަމަދޫ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބުކޮށްފި
މާލޭ ފޮށި ޕީޕީއެމް އަށް
ކަމަދޫ ފޮށި އެމްޑީޕީއަށް
އެމްޑީޕީ 169 ޕީޕީއެމް 142 ވޯޓް

ކަމަދޫ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަނަށް އިދިިކޮޅު ފަރާތްތަކާއި ސަރުކާރު ހިންގާ ޕީޕީއެމްގެ ޓީމްތައް އެ ރަށަށް ގޮސް ވަރުގަދަ އަށް ކެމްޕެއިން ކޮށްފައިވެއެވެ.

މާލޭގައި ބެހެއްޓި ފޮށިން ކުރި ހޯދީ ޕީޕީއެމުންނެވެ. ޕީޕީއެމްގެ ކެނޑިޑޭޓް އަލީ ނާއިޒަށް މާލޭގައި ބެހެއްޓި ފޮށިން 58 ވޯޓް ލިބުނުއިރު، ސާޖިދަށް ލިބިފައިވަނީ 51 ވޯޓެވެ. އެ ފޮއްޓަށް 110 މީހުން ވޯޓްލިއިރު، ބާތިލްވީ އެންމެ ވޯޓެކެވެ.

ކަމަދޫގައި ބެހެއްޓި ފޮށިން އެމްޑީޕީގެ ކެނޑިޑޭޓް ސާޖިދަށް 118 ވޯޓް ލިބުނުއިރު، ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބުނީ 84 ވޯޓެވެ. އެ ފޮއްޓަށް ޖުމްލަ 204 މީހުން ވޯޓް ލާފައިވާއިރު، ބާތިލްވީ ދެ ވޯޓެވެ.

އެހެންކަމުން އެމްޑީޕީން އިންތިޚާބު ކާމިޔާބުކޮށްފައި މިވަނީ 169 ވޯޓް ލިބިގެންނެވެ. ޕީޕީއެމްއަށް ލިބިފައިވަނީ 142 ވޯޓެވެ.

ކަމަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ، އެމްޑީޕީގެ ކައުންސިލަރު އަލީ މައުސޫމް ކައުންސިލްގެ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާފައިވަނީ މެއި 6 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް