ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 13:47
މިލަންދޫގައި ފެންބޮޑުވެފައި
މިލަންދޫގައި ފެންބޮޑުވެފައި
ރާއްޖެ އެމްވީ
ފެންބޮޑުވުން
ވިއްސާރައިގައި މިލަންދު އާއި ކުޑަހުވަދުއަށް ލިބުނު ގެއްލުން ޑިޒާސްޓާއިން ބަލަނީ
މިލަންދޫ އިން 100 ގެއަކަށް ފެން ވަދެ ގެއްލުން ލިބުނު
ކުޑަހުވަދޫ އިން ގެއްލުން ލިބުނު ގެތަކުގެ އަދަދު ސާފު ވާނީ ރިޕޯޓް ލިބުމުން
އެސެސްމެންޓް އާދީއްތަ ދުވަހު ލިބޭނެ ކަމަށް އުންމީދު ކުރޭ

ހުކުރު ދުވަހު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގެއްލުން ލިބުނު ށ، މިލަންދޫ އާއި ދ. ކުޑަހުވަދޫގެ އެސެސްމެންޓްތައް ހަދަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ހާމަކޮށްފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޑިޒާސްޓާ ސެންޓަރުގެ ޑިރެކްޓަރު ޖެނަރަލް ސޮފީނާޒް ހަސަން ވިދާޅުވީ އެ ދެ ރަށަށް ލިބުނު ގެއްލުންތައް ބެލުމަށް ކައުންސިލް އިދާރާ މެދުވެރިކޮށް އެސެސްމެންޓް ހަދަމުން އަންނަ ކަމަށާއި ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ސާފު ވާނީ އެސެސްމެންޓް ރިޕޯޓް ލިބުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ގެއްލުން ލިބުނު ފަރާތްތަކަށް ޑިޒާސްޓާ މެނޭޖް ސެންޓަރާއި ފުލުހުންގެ އިތުރުން ސިފައިން ގުޅިގެން ވަގުތުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ސޮފީނާޒް ވިދާޅުވީ ދެ ރަށުގެ ތެެރެއިން މިލަންދޫގެ 100 ގެއަކަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ކުޑަހުވަދޫ އިން ގެއްލުން ލިބުނީ ކިހާ އަދަދެއްގެ ގެއަށް ކަން އަދިސާފް ނުވާ ކަމަށެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ރިޕޯޓް އާދީތައް ދުވަހު ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށާއި އޭގެ ފަހުން ތަފްސީލީ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް