ކ. މާލެ
|
26 ނޮވެންބަރ 2024 | އަންގާރަ 16:46
ވިއްސާރަވެ، މާލެ މަގުތަކުގައި ފެންބޮޑުވުން (ފައިލް)
ވިއްސާރަވެ، މާލެ މަގުތަކުގައި ފެންބޮޑުވުން (ފައިލް)
ރާއްޖެއެމްވީ
މޫސުން
ކުރިއަށް އޮތް ގަޑި ތަކުގައި މޫސުން ގޯސްވާނެ: މެޓް
މެދު ރާއްޖެތެރެ އާއި ދެކުނުގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި އަދި އުތުރުގެ އަތޮޅު ތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ

ބޭ އޮފް ބޭންގަލް އާއި ރާއްޖޭގެ އިރު ދެކުނުގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ބާރުގަދަވަމުން އަންނަ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެހެން ކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މެދު ރާއްޖެތެރެ އާއި ދެކުނުގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި އަދި އުތުރުގެ އަތޮޅު ތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ދެކުނުގެ ކަނޑުތައް ކުރިއަށް އޮތް ގަޑި ތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އޮފީހުން ވަނީ ބުނެފައެވެ.

- ކޮމެންޓް