ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 18:30
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު
މިހާރު
ބަންޑާ ގޯތި
ބަންޑާރަ ބިން އަމިއްލަ ކުރުމަށް ދައްކަން ޖެހޭ އަގު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް
މިނިސްޓަރު އަގު ކަނޑައަޅަން ޖެހޭނީ ކޮމެޓީގެ މަޝްވަރާގެ މަތިން
އަގު ކަނޑައެޅުމުގައި އެ ބިމެއް ހުރި އިގްތިސާދީ އިޖުތިމާއީ ސަރަހައްދަށް ވެސް ބަލަން ޖެހޭނެ
ބިން ގަންނައިރު ދައްކަން ޖެހޭ ޓެކްސް އެންމެ ދަށް އަގު ކަނޑައަޅާނީ ވެސް މިނިސްޓަރު

ދިރިއުޅުމަށް ދޫކޮށްފައިވާ  ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި އެ ގޯތި ރަޖިސްޓްރީ ކޮށްފައިވާ  ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ  އަގު ހައުސިން މިނިސްޓްރީގެ  ފަންނީ ކޮމެޓީއަކުން އެކަނި  ކަނޑައަޅާ ގޮތަށް ހައުސިން މިނިސްޓްރީން  ކަނޑައަޅައިފިއެވެ.

 

"ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާއި ބެހޭ ގަވާއިދު" އަށް ހައުސިން މިނިސްޓްރީން ގެނެސްފައިވާ  އިސްލާހުގައި  ބުނެފައިވާ ގޮތުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް  އަމިއްލަ ކުރުމަށްޓަކައި އެ ގޯތީ ރަޖިސްޓްރީ  ކޮށްފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އަގު ކަނޑަ އަޅާނީ ހައުސިން މިނިސްޓްރީން އައްޔަން ކުރާ އެ މިނިސްޓްރީގެ ފަންނީ ކޮމެޓީގެ މަޝްވަރާއާއެކު ހައުސިން މިނިސްޓަރު ކަމަށެވެ.

 

ގަވާއިދުގައި ކުރިން ބުނެފައިވާ  ގޮތުގައި ދިރިއުޅުމަށް  ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި އެ ގޯތީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އަގު  ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ މައްޗަށް އެކުލެވިފައިވާ ކޮމެޓީއެއްގެ މަޝްވަރާގެ މަތިން ހައުސިން މިނިސްޓަރެވެ.

 

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޓެކްސް ނެގުމަށް ބޭނުންވާނެ އެންމެ ދަށް އަގު ކޮމެޓީގެ މަޝްވަރާގެ މަތިން ހައުސިން މިނިސްޓަރު އިއުލާން ކުރަން ޖެހޭނެއެވެ. އަދި އަގަށް ގެންނަން ފެންނަ ބަދަލު ކޮމެޓީގެ މަޝްވަރާގެ މަތިން ހައުސިން މިނިސްޓަރު ގެންނަން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.

 

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ބިމުގެ އަގު ކަނޑައެޅުމުގައި އެ ސަރަހައްދެއްގެ އިގްތިސާދީ އިޖުތިމާއީ ހާލަތާއި ބިމުގެ ތަނަވަސް ކަމާއި ބިމުގެ މުޢާމަލާތްތައް އެ އިރަކު ހިންގަމުންދާ ގޮތަށާއި މިނޫން ވެސް ބިމާބެހޭ މުއާމަލާތް ހިންގުމާ ގުޅުންހުރި އެހެނިހެން ކަންކަމަށް ބެލުމަށް ފަހު އަމިއްލަ ކުރާ ބިމަށް ސަރުކާރަށް ދައްކަން ޖެހޭ އެންމެ ދަށް އަގާއި އެ ބިން އަމިއްލަ ކުރާއިރު ޓެކްސް ނެގުމަށް ބަލާނެ އެންމެ ދަށް އަގު ރާއްޖޭގެ އެކި ސަރަހައްދަށް ނުވަތަ އެކި ރަށްރަށަށް ނުވަތަ ރަށްރަށުގެ އެކި ހިސާބުތަކަށް ތަފާތުވާނެ ގޮތަށް ކަނޑައެޅުމުގެ  އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
18 އޯގަސްޓް 2017 | ހުކުރު 19:17
އައްޑޫމީހާ
ތިޔަހެންވިއްޔާ މާދަމާ މިނިސްޓަރުގެ އެންމެ އަރިސްމީހާޔަށް މާލޭގެ އެންމެ ބޮޑު ބިން އެންމެ 5ރުފިޔާޔަށް ވިއްކާލާ މަންޒަރު ފެންނާނީ. މީ ކޮން ގާނޫނެއްގެ ދަށުން ލިބުނުބާރެއްބާ. މުއީއްޒު މާލޭގެ ކުނި މަގުތަކުން ނެގޭތޯ ބަލާބަލަ ވަގަށް ބިން ނުވިއްކާ. ސްކޫލުތަކުން ކުދިން ދޫކުރާ ގަޑީގަ ފާޑު ފާޑުގެ ލޮރީ ފޮނުވައިގެން މަގު ބްލޮކުކުރުން ނޫން ދެވަނަ ކަމެއް ނުކުރެވޭ. މިހާުވެސް ނިގޭ ކައިރީގަ 2ދުވަސްވެފައިވާ ކުނި އެބަހުރި. ވަރަށް ސަލާމް.