ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 11:01
އެކްސިޑެންޓުގައި ގެއްލުން ލިބުނު ފިހާރައިގެ ބިއްލޫރި ގަނޑު ހަލާކުވެފައިވާ އިރު ބިދޭސީ މީހާގެ ހަށިގަނޑު ގިނަ އަދަދެއްގެ ލޭ އޮހޮރިފައި
އެކްސިޑެންޓުގައި ގެއްލުން ލިބުނު ފިހާރައިގެ ބިއްލޫރި ގަނޑު ހަލާކުވެފައިވާ އިރު ބިދޭސީ މީހާގެ ހަށިގަނޑު ގިނަ އަދަދެއްގެ ލޭ އޮހޮރިފައި
ރާއްޖެއެމްވީ
އެކްސިޑެންޓް
ސައިކަލަކުން ބިދޭސީއެއްގެ ގައިގައި ޖެހި ފިހާރައިގެ ބިއްލޫރިގަނޑުގެ ތެރެއަށް!
ސައިކަލް ދުއްވަން އިނނީ އަންހެނެއް
އަނިޔާވި ބިދޭސީ މީހާގެ އެކި ތަންތަން ވަނީ ކަފައިގެން ގޮސްފައި

ސައިކަލަކުން ބިދޭސީއެއްގެ ގައިގައި ޖެހި ވިއްސައިގެން ގޮސް ބިއްލޫރިގަނޑު ފަޅާލައި ފިހާރަތެރެއަށް ވަނުމުގެ ސަބަބުން އަނިޔާވެއްޖެއެވެ.

މަންޒަރުދުށް މީހަކު ރާއްޖެއެމްވީއަށް ބުނީ އެ ހާދިސާ ހިނގީ ބޮޑުރަސްގެފާނުން ހެންވޭރުގައި ހުރި "މާލް" ނަމަކަށް ކިޔާ ފިހާރައެއްގެ ކައިރީގައެވެ. އެ ފިހާރަ ދޮރުމަތީގައި ހުރި ސައިކަލް ދުއްވާލުމަށް ސްޓާޓްކޮށްލުމާ އެކު ސައިކަލް ކޮންޓްރޯލުން ނައްޓާލައި ކުރިމަތީގައި ހުރި ބިދޭސީ މީހާގެ ގައިގައި ޖެހި އޭނާ ވިއްސައިގެން ދިޔަ ކަމަށާއި އެ މީހާ ގޮސް ޖެހުނީ ފިހާރައިގެ ދޮރުގައި ކަމަށެވެ.

ހަމަ ޖެހުމާ އެކު ބިއްލޫރި ދޮރު ތަޅައިގެން ގޮސް އެ މީހާ ފިހާރަ ތެރެއަށް ވެއްޓުނު އިރު އޭނާގެ ހަށިގަނޑު އެކި ތަންތަން ވަނީ ޒަހަމްވެފައެވެ. ގިނަ އަދަދެއްގެ ލޭ އޭނާގެ ހަށިގަނޑު ފޭބި އިރު އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ސައިކަލް ދުއްވަން އިނނީ އަންހެނެއް ކަމަށާއި އޭނާ އަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ. 

ފިހާރައިގެ ބިއްލޫރިގަނޑު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިހާދިސާ ހިނގާފައި ވަނީ ހުކުރުދުވަހުގެ ހެނދުނު 8:00 ހާއިރުއެވެ. 

 

މިކަމާގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް ފުލުހުންނަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ ވަނީ މައުލޫމާތު ސާފުވާ ގޮތް ނުވެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް