ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 00:19
ކަމަދޫ ބައި-އިލެކްޝަން ކެމްޕެއިން ހަރަކާތްތައް އެރަށުގައި ކުރިއަށްގެންދަނީ
ކަމަދޫ ބައި-އިލެކްޝަން ކެމްޕެއިން ހަރަކާތްތައް އެރަށުގައި ކުރިއަށްގެންދަނީ
ރާއްޖެ އެމްވީ
ކަމަދޫ ބައި-އިލެކްޝަން
ބ. ކަމަދޫގެ އެމްޑީޕީ ކެނޑިޑޭޓަށް ވޯޓު ދިނުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 19 ގައި
މި އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓެއް
އެމްޑީޕީގެ ކެންޑިޑޭޓަކީ އަހުމަދު ސާޖިދު

ތިލަފަތަށް ވޯޓު ދިނުމަށް ގޮވާލާ ބ. ކަމަދޫ ކައުންސިލްގެ އެމްޑީޕީ  ކެނޑިޑޭޓަށް ވޯޓު ދިނުމަށް އެރަށުގެ ރައްޔިތުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ހާމަކޮށްފައިވާ ގޮތުގައި ކަމަދޫ ކައުންސިލް ގޮނޑި އަށް ކެނޑިޑޭޓް ނަންބަރު 2، އަހުމަދު ސާޖިދު އިންތިހާބު ކޮށްދިނުމަށް އެރަށުގެ ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވައެވެ.  .

ރައީސް ނަޝީދު މިފަދަ ގޮތަކަށް ޓްވީޓު ކުރައްވާފައިވާ އިރު ބ. ކަމަދޫގެ ބައި އިލެކްޝަންގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން އެރަށުގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފަ އެވެ. ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެ ވާހަކަ ދައްކަވާފައިވެއެވެ.

ބ.ކަމަދޫގެ ބައި އިލެކްޝަން ބޭއްވުމަށް ހަަމަޖެހިފައި ވަނީ އޮގަސްޓް 19 ވަނަ ދުވަހު އެވެ. ކަމަދޫގެ ބައި-އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެކެވެ.

މިިއަހަރުގެ މެއި 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބުކޮށްފައިވާ އިރު އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީ އެވެ. އަދި ތިން ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް ހޯދާފައިވަނީ އެ ޕާޓީންނެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް