ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ދެ މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ނެރު ކައިރިން ދެ ލޯންޗު ޖެހިގެން ކަމަށެވެ.
މިހާދިސާގެ ރިޕޯޓް ލިބުނީ ހޮނިހިރު ދުވަހުގެ ރޭ ކަމަށް ފުލުހުން ބުނި ނަމަވެސް އެ ހާދިސާ ހިނގި ސީދާ ވަގުތު ފުލުހުން ހާމައެއް ނުކުރެއެވެ.
އަދި އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެ ފަރުވާދެމުންދާކަމަށް ފުލުހުން ވަނީ ބުނެފިއެވެ.
އެ ދެ މީހުންނަކީ އެކްސިޑެންޓްވި ދެ ލޯންޗްގެ ތެރެއިން އެއް ލޯންޗްގައި ތިބި މީހުންގެ ތެރެއިން ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އަނިޔާވި ދެ މީހުންނަކީ 2 ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވަނީ މިއެކްސިޑެންޓް ހިނގި ސީންގައި ހަރަކާތްތެރިވެފައެވެ.