ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 00:15
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
ރާއްޖެ އެމްވީ
ކަމަދޫ ބައި-އިލެކްޝަން
ރައީސް ޔާމީނަށް ވަނީ އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާކަންވެސް އޮޅިފައި: ޝިފާޒް
ކުރައްވަމުންގެންދަވަނީ ރައީސުލްޖުމްހޫރިއްޔާއަކު ކުރައްވާވަރުގެ ކަންކަމެއް ނޫން
މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން މެމްބަރުން ހައްޔަރުކުރުމަކީ ރައީސަކު ކުރައްވާވަރުގެ ކަމެއް ނޫން
ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ

ރައީސް އަބްދުﷲ ޔާމީނަށް ވަނީ އެމަނިކުފާނު ވެސް އޮޅިފައި ކަމަށާއި، އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާކަން ވެސް އެމަނިކުފާނުގެ ހަނދާނުގައި ނެތް ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

 

ބ. ކަމަދޫ ބައި އިލެކްޝަންގެ ކެމްޕޭންގެ ތެރެއިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ރައީސް ޔާމީނަށް ހުންނެވީ، އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާކަން ވެސް އޮޅިވަޑައިގެންފައެވެ.. އަދި އެމަނިކުފާނު ކުރައްވަމުންގެންދަވަނީ ރައީސުލްޖުމްހޫރިއްޔާއަކު ކުރައްވާވަރުގެ ކަންކަން  ނޫން ކަމަށް ޝިފާޒް ވިދާޅުވި އެވެ. އެގޮތުން މިސާލުޖައްސަވަމުން ޝިފާޒް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން މެމްބަރުން ހައްޔަރު ކުރުމަކީ ރައީސަކު ކުރައްވާވަރުގެ ކަމެއް ނޫންކަމަށެވެ.

 

"ރައީސް ޔާމީނަށްވަނީ ރައީސް ޔާމީނަކީ ކާކުކަން ވެސް އޮޅިފައި. އެއީ ރައީސުލްޖުމްހޫރިއްޔާކަން މިހާރު ވަނީ އޮޅިފައި. ރައީސް  ޔާމީނަކަށް  ސާފެއް ނޫން. ހަމަގައިމު ވެސް ރައީސަކު ކުރާ ޖާތުގެ ކަންކަމެއް ނޫން އެ ކުރަނީއެކީއެއް." ޝިފާޒް ވިދާޅުވި އެވެ.

 

ޝިފާޒް ވިދާޅުވި، ރައީސް ޔާމީނާއެކު އެމަނިކުފާނު ދުއްވާ އޮޑި މިހާރު ގޮސް ފަރަށް އަރާފައިވާ ކަމަށެވެ. އަދި އެމަނިކުފާނާއެކުގައި އެ އޮޑިއަށް ރައްކާތެރިކަމެއް ލިބެން ނެތް ކަމަށާއި، އެ އޮޑީގައި ތިބި ހުރިހާ މީހުން މިހާރު އޮޑިން ފައިބަމުންގެންދާ ކަމަށް ޝިފާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ކަމަދޫ ބައި އިލެކްޝަންގައި ވާދަކޮށްގެން ނުވާނެކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވި، ރައީސް ޔާމީނަށް ނިމުނު ކައުންސިލް އިންތިހާބުގައި ލިބުނު ނަތީޖާގެ ސަބަބުން ކަމަށެވެ. އަދި އެ ނަތީޖާ ލިބުނު ގޮތުން ލަދުން، އަނބިކަނބަލުން ވެސް މިހާރު ސިޔާސީ ޕޯޑިއަމް އިން ނުފެންނަ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

 

ލާމަރުކަޒީ ނިޒާމާއި ގުޅެގޮތުން ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ  ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް، ރައްޔިތުންގެ ހައްޤު މިންވަރު ހޯދައިދިނުމަށް އެންމެ ރަނގަޅު ނިޒާމް ކަމަށް ޝިފާޒް ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
18 އޯގަސްޓް 2017 | ހުކުރު 06:09
ޙާލުގެ ދުލުން
ޙަޤީގަތުގާވެސް ޝިފާޒަކީ ޝިފާޒްކަން އޮޅުނީ ޝިފާޒަށް ޕްރޫފަކީ ތިމަންނަކީ ކެނެރީގެ މުޙައްމަދު ނަޝީދު ކަމަށް ހީކޮށް ޝިފާޒްގެ އަޑު ނަޝީދުގެ އަޑާއި އެއްގޮތަށް ބަދަލުކޮށް ނަޝީދު ވާހަފުޅުދައްކަވާ ރާގަށް ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތަކުގެ ބޭރުން އާގޮތްތަކެއްހަދާގެން ވާހަކަ ދައްކަމުން ދިއުން ޝައްކުވަނީ ނަމަ ޝިފާޒްގެ ވާހަކަތަކުގެ އޯޑިއޯއާއި ވީޑިއޯ އަޑު އައްސަވާލެއްވުމުން ނަފްސު އޮޅިގެން މިއުޅެނީ ކާކަށްކަން ރަގަޅަށް އެގޭނެ.