ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 22:40
އެމްޑީޕީން ކަމަދޫގައި ބާއްވާ ޖަލްސާގައި ތެރެއިން
އެމްޑީޕީން ކަމަދޫގައި ބާއްވާ ޖަލްސާގައި ތެރެއިން
މުހައްމަދު ފަޒީން
ހަސަން ލަތީފް
ރައީސް ޔާމިން ކައުންސިލްތައް ބޭނުމެއް ނުވޭ، އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދެއްވާ : ހަސަން ލަތީފް
ރައީސް ޔާމިން ގެންދަނީ ކައުންސިލްތައް ހަލާކުކޮށްލަމުން
އެމްޑީޕީން ކަމަދޫ ދުލެއް ނުކުރާނަން
ކަމަދޫ ތަރައްގީއަށް ދެން އަންނަ ސަރުކާރެއްގައި މަސައްކަތް ކުރާނަން

ލޯކަލް ކައުންސިލް އިންތިހާބަކީ ރައީސް އަބްދުﷲ ޔާމިން ބޭނުންވާ އެއްޗެއް ނޫން ކަމަށާއި  މިހާރު ވެސް ކައުންސިލްތަކާ މެދު އިހާނެތިކޮށް ހިތަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

 

ބ. ކަމަދޫ ބައި އިލެކްޝަންގައިވާ ވާދަކުރާ ކެނޑިޑޭޓަށް ތާއިދު ހޯދުމަށް އެރަށުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހަސަން ލަތީފު ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދިނުމަށް ގޮވާލާފަ އެވެ.

 

ލާމަރުކަޒީވިސްނުމަކީ ރައީސް ޔާމިންގެ ވިސްނުމެއް ނޫން އެއީ އެމްޑީޕީގެ ވިސްނުމެއް ކަން ފާހަގަ ކުރައްވާ ހަސަން ލަތީފު ވިދާޅުވީ  އިދިކޮޅު އިއްތިހާދުގައި ހިމެނޭ ހުރިހާ ފަރާތްތަކުން ލާ މަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް އެއްބަސްވެފައިވާ  ކަމަށެވެ.

 

" ލޯކަލް ކައުންސިލް ނިޒާމަކީ އެމްޑީޕީ އިން އުފަންކުރުވި ނިޒާމެއް. އެމްޑީޕީގެ ބަނޑުން ވިހޭ ނިޒާމެއް ލޯކަލް ކައުންސިލަކީ، ލާމަރުކަޒީ އުސޫލަކީ،" އޭނާ ވިދާޅުވި އެވެ.

 

ރައީސް ޔާމިން ވަޒީރުންގެ މަޖިލީހެއް ވެސް އަދި ރައްޔިތުންގެ މަޖިލީހެއް ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

 

ކަމަދޫއާ ނުލާ ރާއްޖެ ތަރައްގީ ނުކުރާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި ކަމަދޫ  ތަރައްގީ ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ބަލަންވީ  ކަމަދޫ ބައި އިލެކްޝަނަށް ކުރިމަތިލައިގެން ތިބި ކެނޑިޑޭޓުންގެ ފަހަތުގައި ތިބި މީހުންނަށާއި ފިކުރަށް ކަމަށް ވިދާޅުވި އެވެ.

ބައި އިލެކްޝަނުގައި ވާދަކުރާ ކެނޑިޑޭޓަށް ވޯޓު ދިނުމަށް އާދޭސް ދަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޑް އަހްމަދު ސާޖިދުގެ ފަހަތުގައި އިދިކޮޅު އިއްތިހާދަށް ތާއިދު ކުރައްވާ އެންމެން ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބަށް ފަހުވެސް އޭނާ އެކަނި ދޫކޮށްނުލާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް