ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 19:48
އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ އަނަސް
އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ އަނަސް
ފޭސްބުކް
އަނަސްގެ މަރު
އަނަސްގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުން 2 މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ 2 މީހަކު
2 މީހުން ހައްޔަރުކުރީ މިއަދު ހަވީރު

މުހައްމަދު އަނަސްގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުން 2 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނަސްގެ މަރުގެ މައްސަލަ އާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މާފަންނު ދިމިޝްކް ގެ ބަލައި ފާސްކޮށް އުމުރުން 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ބުރާސްފަތި ދުވަހުގެ ހަވީރު 04:35 ގައި ހައްޔަރު ކޮށްފައިވާ  ކަމަށެވެ.

އަނަސް މަރާލާފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެރޭ ގާތްގަނޑަށް 09:10 ހާއިރު ގްރޫޕަކުން ހަމަލާދީ ހިންގި މާރާމާރީ އެއްގައެވެ.

މަންޒަރު ފެނުނު ބައެއް މީހުން ބުނި ގޮތުގައި އަނަސްއަށް ހަމަލާދިނީ ތިން ސައިކަލުގައި ދިޔަ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

"އޭނާގެ މޭގެ އެތައް މިތަނަށް ހުރީ ވަޅި ޖަހާފައި. ލޭގެ ކޯރެއް އޮތީ ހެދިފަ" މައުލޫމާތު ދިންމީހާ ބުންޏެވެ.

ހާދިސާގައި މަރުވި އަނަސްގެ ބޭބެއެއް ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން ބުނީ އަނަސް ވަޒީފާ އަދާކުރަނީ ލޯންޗެއްގައި ކަމަށާއި އޭނާ ލިޓަސް ސަރވިސް ސެންޓަރަށް ގޮސްފައިވަނީ ރައްޓެއްސަކާ ބައްދަލުކުރުމަށް ކަމަށެވެ.

އޭނާއަކީ އާންމުކޮށް އެތަނަށް ގޮސް އުޅޭ ކުއްޖެއް ކަމަށާއި އޮގަސްޓް 31 ވަނަ ދުވަހުގެރޭ އެ ހާދިސާ ހިނގައިފައިވަނީ އެތަނަށް އޭނާ ދިޔަތާ ބައި ގަޑިއިރުވެސް ނުވަނީސް ކަމަށް އޭނާގެ ބޭބެ ބުންޏެވެ.

އަނަސްގެ މަރަށް އިންސާފު ހޯދައި ދިނުމަށް އެދި މަޑުއްވަރީ ކައުންސިލްގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ. އަދި އަނަސްގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ރ. ދުވާފަރުގައި ވެސް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް