ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 18:10
ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް ސަމީރު
ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް ސަމީރު
މުހައްމަދު ޝަރުހާން
ސަމީރު
ބަންދުގައި ބަހައްޓަދޭން ފުލުހުން އެދުމުން ވެސް ސަމީރު ވެސް ދޫކޮށްލައިފި
ސަމީރު ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު
ފުލުހުން އެދުނީ 15 ދުވަހު ބަންދުގައި ބަހައްޓަދޭން

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުން ދޫށްލައިފި އެވެ.

 

ސަމީރު ދޫކޮށްލަން ކޯޓުން އަމުރު ކުރީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުންނެވެ.

 

ސަމީރުގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ ފުލުހުން އެދުނީ ސަމީރުގެ މައްޗަށް ކުރެވޭ ތުހްމަތުތަކާ ގުޅިގެން 15 ދުވަސް ބަނދުގައި ބަހައްޓަދޭން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ކޯޑިނޭޓަރު ޖައުފަރު ޝަފީއުވެސް ދޫކޮށްލަން ކޯޓުން ދޫކޮށްލާފައިވެއެވެ. 

 

" ސަމީރު އާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ހިމެނެނީ ފުލުހުން ދީފައިވާ ބަޔާނެއް ކަމަށްވާއިރު އެއީ ސަމީރު އަށް ނުފޫޒު ފޯރުވޭނެ އެއްޗެއް ނޫން ކަމަށް ފާހަގަ ކުރިން،" އަލީ ޒާހިރު ވިދާޅުވި އެވެ.

 

ސަމީރު ހައްޔަރުކުރީ އެއްވުމުގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވާ  ކަމަށާއި ނަމަވެސް އޭނާ ހައްޔަރު ކުރީ އިންޓަވިއުއެއް ދެއްވަމުން ދަނިކޮށް ކޯޓުގައި ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ކަމަށް އަލީ ޒާހިރު ފާހަގަ ކުރެއްވި އެވެ.

 

އޭގެ އިތުރުން ސަމީރާއި ޖައުފަރު ހައްޔަރު ކުރުމަށް ފަހު ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެއްގޮތަށް އަމަލު ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހައްޔަރު ކުރުމަށް ފަހު ހައްޔަރު ކުރެވުނު ކަން އަންގާފައިނުވާއިރު ގާނޫނީ އިންޒާރު ދީފައިނުވާކަން އަލީ ޒާހިރު ފާހަގަ ކުރެއްވި އެވެ.

 

ސަމީރު ދޫކޮށްލުމުގައި ކޯޓުން ވަނީ ޝަރުތުތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން އެޑްރެހަށް ބަދަލެއް އައިސްފިނަމަ އެންގުމަށް ގުޅޭނެ ފޯނު ނަމްބަރެއް ދިނުމަށާއި ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ދިނުމުގެ އިތުރުން ޖިނާއީ ކުށެއް ނުކުރަން ވަނީ ޝަރުތުކޮށްފަ އެވެ.

 

ސަމީރު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުނޫޒު ކައިރި ހުންނަވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 އޯގަސްޓް 2017 | ބުރާސްފަތި 18:23
ގޮމަ
ފަނޑިޔާރު ބަދަލުކުރަން ފެނޭ