ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 16:52
ރައްޔިތުން މަޖިލީސް - މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފައި
ރައްޔިތުން މަޖިލީސް - މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފައި
ގޫގުލް
މަޖިލީސް ބަންދުކުރުން
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިއޮތުން: މަޖިލީހުގެ އިދާރާއިން ދައްކާ ވާހަކައާއި، ޕީޕީއެމުން ދައްކާ ވާހަކައެއް ދިމަލެއް ނުވި!
މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ ސަލާމަތީ ސަބަބުތަކަކާއި ގުޅިގެންކަމަށް
ޕީޕީއެމުން ބުނަނީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި އޮތީ އިދިކޮޅު ފަރާތްތަކުގެ ސަބަބުންކަމަށް
މަޖިލީހުގެ ޖަލްސާ ފަށާނެ ތާރީހެއް މިހާތަނަށްވެސް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވަނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުންކަމަށް ވެރިކަންކުރާ ޕީޕީއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ ސަލާމަތީ  ސަބަބުތަކަކާއި ގުޅިގެންކަމަށެވެ.

 

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާތައް މެދުކަނޑާލާފައި އޮންނަ އޮތުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ އެގޮތަށް ހުއްޓިފައި އޮންނަންޖެހޭ ތަނެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

 

"ރައްޔިތުންގެ މަޖިލީސް ހުއްޓިފައި އޮތުމުގެ ޒިންމާ ނަގަންޖެހޭނީ މިއަދުގެ އިދިކޮޅު ފަރާތްތަކުން. އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުރިގޮތުގެ ސަބަބުން މަޖިލީހުގެ ޖަލްށތައް ކުރިއަށް ނުގެންދެވިފައި އޮތީ. އެއީ ޕީޕީއެމުން ޒިންމާ ނަގާނެކަމެއް ނޫން. ޕީޕީއެމުން އޮތީ މާދަމާ ޖަލްސާއަކަށް ގޮވާލިނަމަވެސް ތައްޔާރަށް." އަބްދުއްރަހީމް ވިދާޅުވި އެވެ.

 

އަބްދުއްރަހީމް އެގޮތަށް ވިދާޅުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. ސަބަބަކީ މަޖިލީހުގެ ފާހާނައިގައި ހުރި ޓިޝޫ ބޮނޑިއެއްގައި ބަޔަކު ރޯކޮށްލުމެވެ. އެމްއެންޑީއެފުން ސަލާމަތީ ކަންކަން ބަލަހައްޓާ މަޖިލީހުގެ އިދާރާގެ ފާހާނައިގައި ހުރި ޓިޝޫ ބޮނޑިއެއްގައި ރޯވެފައިވަނީ ކީއްވެކަމެއްވެސް މިހާތަނަށްވެސް ހާމަކޮށްފައެއްވެ. މަޖިލީސް މެދުކަނޑާލާފައިވާއިރު، މެމްބަރުންނަށާއި، މަޖިލީހުގެ އިދާރީ މުވައްޒިފުންނަށް މަޖިލީހަށްވަނުމަކީ މަނާކަމެއްގެ ގޮތުގައި ވެސް ކަނޑައެޅި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް