ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 08:39
ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ)
ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ)
ރާއްޖެ އެމްވީ
އިއްސެ
އިއްސެ މަރާލި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފި
އިއްސެގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ ތިން ބިދޭސީންނަށް

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އިއްސެ  މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މެންދުރު 1:00 އަށެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު އިހަވަންދޫ އައިސް ޕްލާންޓުގެ ތެރޭގައި ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިއްސެގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައި އޮތީ އިއްސެ މަރާލުމުގައި އެންމެ އިސްކޮށް އުޅުނު ސުމޮން މިއާގެ ޝަރީއަތެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 10 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް އެ ޝަރީޢަތުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

 ސުމޮން މިއާ ވަނީ އިއްސެ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފު ވެފަ އެވެ. އަދި އިއްސެއަށް ހަމަލާ ދިނުމަށް ބޭނުން ކުރި ވަޅި އާއި ހަމަލާދިން އިރު، ސުމޮން މިއާ ލައިގެން ހުރި އަންނައުނު ފުލުުހުން ހޯދި އެވެ.

އެ މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މީހަކު މަރާލިކަން އެނގިހުރެ އެކަން ފޮރުވުމުގެ ކުށުގެ ދައުވާ އެވެ.

ސުމޮން މިއާ އަކީ އިއްސެއާއެކު އައިސް ޕްލާންޓުގައި މަސައްކަތް ކުރި މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް