ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 00:57
އަދީީބުއާއި އަބްދުއްރަހީމް- ކޮންމެހެން ހޮވަން ޖެހޭ މެމްބަރުން ހޮވުމަށް އަދީބު ޚަރަދު ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި
އަދީީބުއާއި އަބްދުއްރަހީމް- ކޮންމެހެން ހޮވަން ޖެހޭ މެމްބަރުން ހޮވުމަށް އަދީބު ޚަރަދު ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި
ވީނިއުސް
އަދީބު- އަބްދުއްރަހީމް
މަޖިލިސް އިންތިޚާބުގައި ދެ އާއިލާއެއް "ނަގަން" އަދީބު އަތުން "އަނެކެތިކޮޅެއް" ހޯދަން އަބްދުއްރަހީމް އެދޭ އޯޑިއޯއެއް ލީކުކޮށްލައިފި
މީތި ފުނޑާލެވޭނެ، ވަރުގަދަ ދެ އާއިލާއެއް
ރައީސް ޔާމީން ވަނީ މެންބަރުން ހޮވުމަށް އަދީބު ޚަރަދުކުރެއްވި ކަމަށް ވިދާޅުވެފަ
ދެ އާއިލާއެއް ނަގަންޖެހޭ، ކުޑަކޮށް އަނެކެތިކޮޅެއް ހޯދަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޮންމެހެން ނަގަންޖެހޭ ދެ އާއިލާއެއް "ނަގަން" ކުރީގެ ނައިބު ރައީސް އަދި އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަތްޕުޅުން "އަނެކެތިކޮޅެއް" ހޯއްދަވަން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގަންނަވާ އޯޑިއޯއެއް ލީކު ކޮށްލައިފި އެވެ.

ގާތްގަނޑަކަށް އެއް މިނެޓް ތިރީސް ސިކުންތުގެ އެ އޯޑިއޯ އަކީ އަދީބާއި އަބްދުއްރަހީމްއާ ދެމެދު ކުރެވުނު ފޯނު ކޯލެއް ކަމަށް ބެލެވެއެވެ.

އޯޑިއޯ ފަށައިގަންނަ އިރު، އިވެނީ ސައިކަލު ބުރަކަށް އަދީބު ނިކުމެވަޑައިގެންނެވުމާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި ދައްކާ ވާހަކަ އެވެ. އެގޮތުން "ސައިކަލަކަށް އަރައިގެން ނިކުތީ ދޯ" އޭ އަބްދުއްރަހީމް ވިދާޅުވުމުން، ފްރޮންޓްލައިންގައި ތިބޭ މީހުން ނިކުންނަންޖެހޭ ކަމަށް އަދީބު ވިދާޅުވެއެވެ.

އެއަށްފަހު ދާއިރާގެ ކަންތައްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވަ އެވެ. ދާއިރާ ކިހިނެއްތޯ އަދީބު ސުވާލު ކުރައްވަ އެވެ. އަދި "މައްސޫދު" ކިޔާ މީހަކު "ބަނޑަހަ ޖަހައިގެން ތިތާ އެބަހުރި ދޯ" އޭ އަދީބު ސުވާލުކުރައްވަ އެވެ.

"މައްސޫދާ" ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވެފައިވަނީ "މައްސޫދު" އެބަހުރި ކަމަށާއި "އެމީހުން ކުލައާއި ހުރިހާ ސާމާނުތަކެއް މިތަނަށް އަޅާލާފައި" އެބަހުރި ކަމަށެވެ. އަދި ވަކިވަކި ފަރުދުންނަށް "ކުދި ކުދި އެއްޗެހި ވައްޓާލައިގެން" ކަންކަން ކުރަނީ ކަމަށް އަބްދުއްރަހީމް ވިދާޅުވެ އެވެ.

އެއަށްފަހު "މުޅި އެތި ފުނޑާލެވޭނެތޯ" އަދީބު ސުވާލުކުރައްވަ އެވެ. އަބްދުއްރަހީމް ވިދާޅުވި "ފުނޑާލެވޭނެ" ކަމަށާއި އެހެން ނަމަވެސް ދެ ދުވަސް "މިތަނުގައި" ހުންނަން ޖެހިދާނެ ކަމަށެވެ. "މިހާރަކު ނޫން މިރޭ މަ ދާނަން، ތިކޮޅަށް ގޮސްފަ ބޮޑު ޖަލްސާ ކަންތައް ކޮށްލާފަ، ދެ ދުވަހެއް ވަރު" އަބްދުއްރަހީމް ވިދާޅުވެއެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވަނީ "ނަގަންޖެހޭ" ވަރަށް ވަރުގަދަ ދެ އާއިލާއެއް އެބައުޅޭ ކަމަށެވެ. އެގޮތުން އެއީ "އަބްދުﷲ" އަކާއި "މޫސައިދީ" ކިޔާ މީހެއް ކަމަށް އޭނާ ވިދާޅުވެއެވެ.

"މި ދެ މީހުން އުފުރާލުމުގެ މަސައްކަތް މަ އެބަކުރަން،" އޭނާ ވިދާޅުވެއެވެ.

އެއަށްފަހު ގުޅާލީ ކީއްވެތޯ އަބްދުއްރަހީމާ އަދީބު ސުވާލުކުރައްވަ އެވެ. "މި ގުޅާލީ ސައިކަލު ބުރު ފެނުނީމަ ވަރަށް ސަޅިވީމަ، ކުޑަކޮށް އަނެކެތި ކޮޅެއް ހޯދާލަންޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވެ އެވެ.

މިފަދަ އޯޑިއޯއެއް ލީކުކޮށްލާފައި މިވަނީ، އަދީބުގެ ފައިސާގައި ހިފައި އެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި މެންބަރުން ވަރަށް ގިނަ ކަމަށާއި އެފަދަ މެމްބަރުން އަމިއްލަ އަށް އިސްތިއުފާ ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށްނެވެ. 

"ރުމާލު 2"ގެ ނަމުގައި މާލޭ ހިޔާގެ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، އަދީބުގެ ފައިސާ ވަނީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅަށް އެކަނި ނޫން ކަމަށެވެ. ގިނަ މެންބަރުންތަކެއް ވަނީ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތުމަށް އަދީބުގެ އެހީ ހޯދައި އަދީބުގެ ފައިސާ ބޭނުންކޮށްފައި ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާދީ، އަމިއްލަ މަސައްކަތްތަކުން އަލުން އިންތިހާބުވެގެން ވަޑައިގަތުމަށް ވެސް ރައީސް ޔާމީން ގޮވާލެއްވި އެވެ.

"މި ފައިސާއިން ހަރަދުކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބުކުރަންތޯ އެބަ ބަލަންޖެހޭ، ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ޔާމީން ވިދާޅުވީ މެންބަރުން އިންތިޚާބުކުރުމަށް ޕީޕީއެމް އިން ޚަރަދުކުރީ މަދެއްކޮށް ނޫން ކަމަށާއި އެކަމުގައި އެންމެ ބޮޑު ޚަރަދެއް ކޮށްދެއްވީ އަދީބު ކަމަށެވެ.
 

"ހަމަ ގައިމު ވެސް މަޖިލީހުގައި ތިއްބަވާނެ އަހުމަދު އަދީބު ހޭދަކުރައްވައިގެން އިންތިހާބުވި މެންބަރުން، އެހެންވީމަ އެ ބޭފުޅުން ވެސް ރާއްޖެ ކޮރަޕްޝަނުން ސަލާމަތް ކުރަން ބޭނުންވާނަމަ އަމިއްލައަށް އެކަން ގަބޫލުކޮށް ދުރަށް ވަޑައިގެން އަމިއްލަ ފައިސާއިން ހޮވިގެން އާދޭ، އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ހަރަދުކުރީކީ، މީގަ ބޮޑު ހޭދައެއް ކޮށްދެއްވީ އަހުމަދު އަދީބު، އެހެންވީމަ ޑޭވަންއިން ފެށިގެން އަހުމަދު އަދީބު ގެންގުޅުއްވި ފައިސާއަކީ ހަލާލު ނޫން ހައްގު ނޫން ފައިސާ ކަމަށްވާނަމަ އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން،" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ލީކުވެފައިވާ އޯޑިއޯއާ ގުޅޭގޮތުން އަބްދުއްރަހީމްގެ ބަހެއް ހޯދުމަށް ގުޅާލުމުން ވަނީ ފޯނު ބިޒީ ކުރައްވާފަ އެވެ. އަދި މެސެޖް ކުރުމުން، ރިޕްލައި ނުކުރައްވަ އެވެ. 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒްކުރައްވަމުން ގެންދަވާތީ އަދީބުގެ ބަހެއް ވެސް މި އޯޑިއޯގާ ގުޅިގެން ލިބޭގޮތް ވަނީ ނުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
17 އޯގަސްޓް 2017 | ބުރާސްފަތި 11:02
ބޯގަޅި
އަނެކަތިކޮޅު،،،މާތްކަލާކޯ...އިސްތިއުފާ...
17 އޯގަސްޓް 2017 | ބުރާސްފަތި 07:50
އިލްހާމް
ސާބަސް އަމާއަދުރޭ މިފަހަރުވެސް ޖެހޭނެ ދަރުބާރުފެކުޝަންގެ ޓީވީ އާއި ރައްޔިތުންގެ ޓީވީގެނަމުގަ ދަރުބާރުފެކުޝަންބުނާގޮތައް ހިންގާ ޓީވީ ޗެނަލްއަށްއަރާފަ މިކަންތައްތައްވެސް އަޑަށްބާރުލާފަ ދޮގުކުރަން ހެދުނުހާދޮގެއްހަދަން. ނަހަލާލް ފައިސާއިން ހޮވުނުމެމްބަރުންނޭ ރައީސްމީހާ އެބުނާލިސްޓްގެ އެންމެކުރީގަ މިއޮތީ ތިބޭފުޅާތާ؟؟؟ އަދިވެސް އަނގައަރުވާތި