ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 06:19
 ބިއޯންޑް
ބިއޯންޑް
ބިއޯންޑް
ބިއޯންޑް އެއަރލައިން
ބިއޯންޑުގެ ދެ ވަނަ ބޯޓު ގެނެސް ރާއްޖެއާ ދުނިޔޭގެ އިތުރު މަންޒިލުތައް ގުޅާލަނީ
ބިއޯންޑްގެ ފްލީޓަށް އިތުރުކުރި އޭ321 ބޯޓަކީ 68 މީހުންގެ ޖާގަ ހިމެނޭ ބޯޓެއް

ސިމްޑީ އާއި ދުބާއީގެ އެރޭބިކްސް ކުންފުނި ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ބިއޯންޑުގެ ދެ ވަނަ ބޯޓު ގެނެސް ރާއްޖެއާ ދުނިޔޭގެ އިތުރު މަންޒިލުތައް ގުޅާލަން ތައްޔާރުވެއްޖެއެވެ.

ބިއޯންޑުން ދެ ވަނައަށް ގެނެސްފައިވާ ބޯޓަކީ އެއާބަސް އޭ321 މަރުކާގެ ބޯޓެކެވެ. މީގެ ކުރިން ބިއޯންޑުން ބޭނުން ކުރަމުން އޭ319 މަރުކާގެ ބޯޓެކެވެ.

އާ ބޯޓު ގެނައުމާއި ގުޅިގެން ވީއައިއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބިއޯންޑުގެ ސީއީއޯ ޓޭރޯ ޓަސްކިލާ ވަނީ މިދިޔަ އަހަރެއްހާ ދުވަހަކީ ބިއޯންޑަށް ކާމިޔާބު ދުވަސްތަކެއް ކަމަށް ފާހަަކުރައްވާފައެވެ.

އެގޮތުން އެ އެއަރލައިނަށް އޭވިއޭޝަން ދާއިރާގެ ފަހުރުވެރި އެވޯޑުތައް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ އެވަރޑްތައް ލިބުނީ މަޤްބޫލް އެއަރލައިންތަކާއި ވާދަކޮށްގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ އެ އެއަރލައިންގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ. ބިއޯންޑްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 400،000 ޕްރީމިއަމް ފަތުރުވެރިން ރާއްޖެއަށް އުފުލުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު ބިއޯންޑުން ދުނިޔޭގެ ފަސް މަންޒިލަކަށް ދަތުރުކުރެއެވެ. އެ އެއަރލައިންގެ 6 ވަނަ މަންޒިލެއްގެ ގޮތުން ދަތުރު ފަށާނީ ތައިލޭންޑަށެވެ. ބިއޯންޑުން އެ އިންޑަސްޓްރީ އަށް އާކަންތައްތަކެއް ތައާރަފްކޮށްފައިވާ ކަމަށް އެ އެއަރލައިނުން ފާހަގަކުރިއެވެ.

ބިއޯންޑްގެ ފްލީޓަށް އިތުރުކުރި އޭ321 ބޯޓަކީ 68 މީހުންގެ ޖާގަ ހިމެނޭ ބޯޓެކެވެ. މީގެ ކުރިން ބޭނުން ކުރަމުން އައި އޭ319 ބޯޓަކީ 44 މީހުންގެ ޖާގައިގެ ބޯޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް