ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 12:29
ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ ކުޅުންތެރިއަކު ފުރަނީ
ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ ކުޅުންތެރިއަކު ފުރަނީ
ސިޑިބަރި
އޭޝިއަން ކަޕް ކޮލިިފައިން
އޭޝިއަން ކަޕް ކޮލިިފައިން އަށް ޒުވާން ޤައުމީ ޓީމު ފުރައިފި
ކޮލިފިކޭޝަންގައި ރާއްޖެ ހިމެނިފައި އޮތީ ގުރޫޕު ސީގަ އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޤައުމީ ޓީމު ޗައިނާ އަށް ފުރައިފި އެވެ.

ޗައިނާގެ ޑައިލާންގައި މިހިނގާ އޯގަސްޓު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށް ކުރިއަށްދާ ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ފުރީ ބުދަ ދުވަހު އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ހިމެނިފައި އޮތީ ގުރޫޕު ސީގަ އެވެ. ރާއްޖޭގެ އިތުރުން ދެން މި ގުރޫޕުގައި އޮތީ ބޫޓާން، ދެކުނު ކޮރެއާ، ޗައިނާ އަދި ބަހުރެއިން އެވެ. ސައުދީ އަރަބިޔާގައި އަންނަ އަހަރު އޮންނަ އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގުރޫޕަކުން ވެސް އެއް ވަނަ ހޯދާ ޓީމެވެ. މީގެ އިތުރުން ގުރޫޕުގެ ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާއެއް ލިބޭ ފަސް ޓީމަކަށް ވެސް މުބާރާތުން ޖާގަ ލިބޭނެ އެވެ.

ކޮލިފިކޭޝަންގެ ފުރަތަަމަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ބަހުރެއިންއާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ތިން ވަނަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުމަށްފަހު، ހަތަރު ވަނަ މެޗުގައި ޗައިނާއާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް