ހޮޓެލް ޖެންގެ ހަތަރު ވަނަ ފަންގިފިލާ އިން ދުން އަރަމުންދާތީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް އާދަމް އާޒިމް ވިދާޅުވީ، ހޮޓެލް ޖެންގެ ހަތަރުވަނަ ފަންގި ފިލާގައި ދުން އަރަން ފެށިކަން ރިޕޯޓު ކޮށްފައި ވަނީ 19:06 ހާިއރު ކަމަށެވެ. ފުލުހުންގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ބެލިބެލުމުން އަލިފާނުގެ އަސަރު ކޮށްފައިވާކަން ފާހަގަ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިހާރު އެ ސަރަހައްދުން ދުން ނާރާ ކަމަށާއި އެހެން ނަމަވެސް ދުން އަރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ ހޮޓެލް ޖެންގެ ހަތަރުވަނަ ފަންގިފިލާއިން މީހުން ހުސްކުރުމަށްފަހު އެހާދިސާ ހިނގަން މެދުވެރިވި ސަބަބުން ބަލަމުންނެވެ.