ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 18:33
ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޕްރެސްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަފުޅު ދައްކަވަނި
ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޕްރެސްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަފުޅު ދައްކަވަނި
ރާއްޖެއެމްވީ
އެމްއެމްޕީއާރުސީގެ ހިޔާނަތް
އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ އެހީ ހޯދާނަން: ގުޅިފައިވާ ޕާޓީތައް
އެމްއެމްޕީއާރުސީން ގެއްލިފައިވަނީ ހަމައެކަނި 1.2 ބިލިއަނެއްނޫން، މާ ގިނައިން
ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ފުލުހަށް މައްސަލަ ހުށައަޅާފައި

އެމްއެމްޕީއާރުސީގެ  މައްސަލަތައް ރާއްޖެއިން ނުބެލިއްޖެނަމަ ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ  އެހީ ހޯދާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން މިއަދު ބުނެފިއެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޕްރެސްއެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، އެމްއެމްޕީއާރުސީން ގެއްލިފައިވާ 1.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ މައްސަލަ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެކަން ތަހުގީގު ކުރެވެން އޮތް ހުރިހާ ގޮތެއް ހޯދައިގެން އެކަން ތަހުގީގު ކުރާނޭ ކަމަށެވެ. އަދި މިވަގުުތު ރާއްޖެއިން އެކަން ކުރެވެން ނެތް ނަމަވެސް ބައިނަލްއަގުވާމީ އެކި އެކި ވަސީލަތްތައް ބޭނުން ކޮށްގެން ވެސް އެ މައްސަލަ ބަލާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

 

"މި ފައިސާ. އެމްއެމްޕީއާރުސީން ގެއްލުނު ދިވެހިރައްޔިތުންގެ ފައިސާ 3 ނުވަތަ 4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފައި. 1.2 އެއީ ހިސާބުކުރެވުނު އަދަދު. މި ދިވެހި ރައްޔިތުންގެ ފައިސާ. މީ އެންެމެ ބޮޑު ޚިޔާނާތް އެހެންވީމައި މި ދެންނެވި ވަރުގެ ބޮޑު ޚިޔާނާތެއް ބެލޭނެ. ބައިނަލްއަގުވާމީ ވަސީލަތްތައް ބޭނުން ކުރާނެ" ހަސަން ލަތީފު ވިދާޅުވިއެވެ.

 

ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އިން "ރުމާލު 2" ގެ ނަމުގައި ހުޅުވި ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ހަލާލު ނޫން ފައިސާއެއް ނޫންކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ގެކޮޅަށް ވެސް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށެވެ.

 

ހަލާލު ނޫން ފައިސާ ރައީސް ޔާމީންގެ ގެކޮޅަށް ވަން ކަމަށް އެ މަނިކުފާނު އިއުތިރާފުވެވަޑައިގެންނެވި ވާހަކަ ނޫސްތަކުގައި ގެނައުމާއެކު، އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އޮއްސާލުމާއެކު  ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުންދާ ކަމަށެވެ.

 

ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތައް ފަޅާއަރުވާލި، އަލްޖަޒީރާގެ ޑޮކިއުމެންޓްރީ، ސްޓީލިން ޕެރަޑައިސް އިން ވެސް ދެއްކީ، ހަލާލު ނޫން ފައިސާ ވެއްދީ އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ކަމަށާއި އެގޮތަށް ބުނުމަކީ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދީބުގެ ފައިސާއިން ޕީޕީއެމްގެ ބައެއް މެމްބަރުން ހޮވުމަށް ޚަރަދު ކޮށްފައިވާ ކަމަށާއި އެހެންވެ އެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

"އެ ފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެއްސަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ޚަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެތް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެމްބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅޭ ގޮތުން މައްސަލަ ތަހްގީގުކުރަން ފުލުހުންނަށާއި، އޭސީސީއަށާއި، ކަމާގުޅޭ އެހެނިހެން މުއައްސަސާތަކަށް ހުށަހަޅާފައިވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް