ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 18:38
ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ސްޓެލްކޯ އިން ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާ ހަވާލު ކުރުމުގެ ރަސްމިއްޔާތު
ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ސްޓެލްކޯ އިން ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާ ހަވާލު ކުރުމުގެ ރަސްމިއްޔާތު
ސްޓެލްކޯ
ހަކަތައިގެ މަޝްރޫއު
މިހާތަނަށް ހިންގާ ރާއްޖޭގެ އެންމެ ބޮޑު ހަކަތައިގެ މަޝްރޫއު ޗައިނާ ކުންފުންޏަކަށް
މި އެއްބަސްވުމުގެ ދަށުން 150 މެގަވޮޓްގެ ޑުއަލް-ފިއުލް ޕަވަރ ޕްލާންޓެއް ޤާއިމުކުރުމާއި، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ މަތީ ވޯލްޓޭޖުގެ ޓްރާންސްމިޝަން ލައިނެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯ އިން ބުނެފައިވޭ

ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބުދަ ދުވަހު ސްޓެލްކޯ އާއި ޗައިނާގެ ޓީބީއީއޭ ގްރޫޕާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

"މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު ހަކަތައިގެ މަޝްރޫޢު،" ސްޓެލްކޯ އިން މަޝްރޫއާ ބެހޭ ގޮތުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން 150 މެގަވޮޓްގެ ޑުއަލް-ފިއުލް ޕަވަރ ޕްލާންޓެއް ޤާއިމުކުރުމާއި، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ހައި-ވޯލްޓޭޖުގެ ޓްރާންސްމިޝަން ލައިނެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ އަގެއް އަދި މަސައްކަތައް ޗައިނާގެ ކުންފުނި ހޮވުނު ގޮތެއް ސްޓެލްކޯ އިން ހާމަކޮށްފައެއް ނުވެއެވެ.

ހަކަތައިގެ ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން ހަވާލު ކުރިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ، ޓެކްސީވޭ އަކަށް ތަރައްޤީކުރުމަށް އަންގާރަ ދުވަހު ޗައިނާގެ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފައެވެ.

- ކޮމެންޓް