ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 18:25
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ޝަޙްސް އޮޅުވާލުމުގެ ދައުވާ: ފާރިސްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފަ
އެންމެ ފަހުން ތާވަލުކުރި އަޑުއެހުން ކެންސަލް
ޝަރީއަތް ފަށާނެ ދުވަހެއް އިއުލާނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހުސް އޮޅުވާލުމުގެ  ދައުވާގެ އަޑުއެހުމެއް  ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފި އެވެ.

މިދިޔަ ހަފްތާ ބުރާސްފަތި ދުވަހަށް ވެސް މި މައްސަލައިގެ  އަޑުއެހުމެއް  ތާވަލުކުރި އެވެ. އެހެން ނަމަވެސް، ޝަރީއަތުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތައް ދިރާސާ ކުރުމަށް ދައުލަތަށް ވަގުތު ދިނުމުގެ ގޮތުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ޝަހުސް އޮޅުވާލުމުގެ މި ދައުވާއާ ގުޅިގެން މިހާތަނަށް ގޮސްފައިވަނީ އިބްތިދާއީ އަޑުއެހުންތަކެކެވެ. އަދި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފަ އެވެ.

ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ކުރިއަށްދާއިރު ފާރިސްގެ މައްޗަށް ތުހްމަތު ކުރާ ރިޝްވަތު ދިނުމުގެ ތުހުމަތުގެ  ތަހްގީގަށް އޭނާ ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުން ވަނީ ފޮނުވާފަ އެވެ.

ރިޝްވަތު ދޭން އުޅުމުގެ ތުހުމަތު ފާރިސްގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މަޖިލިސް މެންބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމަށްބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް