ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 17:31
އަނަސް،  އަށް ވަޅިން ހަމަލަދީ މަރާލީ މިދިޔަ މަހުގެ 31 ގައި
އަނަސް،  އަށް ވަޅިން ހަމަލަދީ މަރާލީ މިދިޔަ މަހުގެ 31 ގައި
ޕޮލިސް
އަނަސްގެ މަރު
އަނަސް ގެ ބައްޕައާއި ސީޕީ އަރީފް ބައްދަލު ކުރައްވައިފި
މި ބައްދަލުވުމުގައި އަނަސްގެ މަރުގެ ތަހުގީހު ގޮސްފައިވާ ހިސާބު ވަނީ ހިއްސާކޮށްފައި
އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ ވަރަށް އަނިޔާވެރިކޮށް

މިދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހުގެރޭ ވަރަށް އަނިޔާވެރިގޮތަކަށް ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މަރާލެވުނު މުހައްމަދު އަނަސްގެ ބައްޕަ އަބުދުއްރާފިއުއާއި، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ބައްދަލުކުރައްވައިފިއެވެ.

 

ފުލުހުން ބުނީ، އަނަސްގެ މަރުގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު އަނަސްގެ އާއިލާާ އާއި ހިއްސާ ކޮށްފައިވާނޭ ކަމަށެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ ގައެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް  ނުވެއެވެ.

 

އަނިޔާވެރި ގޮތަކަށް މަރާލި އަނަސްގެ ގާތިލުން އެންމެންގެ ލޯތަކަށް ހާމަވާން ބޭނުންވާ  ކަމަށް އޭނާގެ ބައްޕަ މީގެ ކުރިން ވަނީ ބުނެފަ އެވެ. އަބްދުއްރާފިއު ބުނި ގޮތުގައި އެދެނީ ވީހާ ވެސް އަވަހަކަށް ދަރިފުޅުގެ މަރަށް އިންސާފު ލިބުމެވެ. އަދި ފުލުހުން ހިންގާ ތަހުގީގަށް އެއްބާރުލުން ބޭނުންވެއްޖެނަމަ، އެހީތެރިކަން ދޭން ތައްޔާރަށް ތިބި ކަމަށާއި ފުލުހުންގެ ގާބިލިއްޔަތާ މެދު ފުރިހަމަ އިތުބާރެއް އޮތް ކަމަށް އަނަސްގެ އާއިލާއިން ކުރިން ވަނީ ބުނެފައެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު 25 އަނަސް،  އަށް ވަޅިން ހަމަލަދީ މަރާލީ މިދިޔަ މަހުގެ 31 ގައި އޭނާގެ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ.

 

އަނަސްގެ ގާތިލުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 8-10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެކަމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް