ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 17:28
މެމްބަރު އަމީތު
މެމްބަރު އަމީތު
ގޫގުލް
އަމީތު
މެމްބަރު އަމީތު ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށް މާލެ ގެނެސްފި
އަމީތު ލޯ ހުރީ ދުޅަ ވެފައި
ޑޮކްޓަރަށް ދައްކަން ގެނެސްފައިވަނީ އައިކެއަރ އޮޕްޓިކަލްސް އަށް
އަމީތު ހައްޔަރުކޮށްފައިވަނީ މަޖިލިސް މެމްބަރެއް ނޫންކަމަށް ބުނެ 24 ވަނަ ދުވަހު ސަފުތައް ފަޅާލި މައްސަލާގައި

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަސް ބުދަ ދުވަހު މާލެ ގެނެސްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީތު ޑޮކްޓަރަށް ދައްކާފައިވަނީ އައިކެއަރ އޮޕްޓިކަލްސް އަށެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަން ކަމަށް ބުނެއެވެ.

އަމީތު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ، ހައްޔަރު ކުރުމަށް އަމުރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުންކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައިރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ  މައްސަލަ އާއި ގުޅިގެން ކަމަށެވެ..

އަމީތު ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ހައްޔަރުކުރަންޖެހޭ ސަބަބުގެ ގޮތުގައި ލިޔެފައިވަނީ " ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަގައި މުހައްމަދު އަމީތު އަހްމަދު މަނިކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ މީނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވިދާނެކަމަށް ފެންނާތީ" ކަމަށެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ، ގާނޫނު އަސާސީގެ 532 ވަނަ މާއްދާ އާއި 615 ވަނަ މާއްދާއާއި ހަވާލާދީއެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖާއި ހެކިންގެ ހެކިބަހެވެ.

އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ވެސް ފުލުހުންވަނީ އަމީތު ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެނެސްފައެވެ. އެ ދުވަހު އަމީތު ދައްކާފައި ވަނީ އައިޖީއެމް ހޮސްޕިޓަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް