ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 17:00
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
"ރައީސް ޔާމީން އިސްތިއުފާއަށް ގޮވާލައި" ސީދާ ހަރަކާތަށް" މިރޭ ނިކުންނަނީ
ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ މަޖީދީ މަގު އަތަމާ ޕެލަސް ކުރިމަތިން
މަޖިލިސް މެންބަރުންނަށް އަނިޔާކުރުމާއި ގޯނާކުރުން ހުއްޓާލުމަށް ޑިމާންޑް ކުރާނެ
ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފައި

ގުޅިގައިވާ ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ބާއްވަމުން އަންނަ މަގުމަތީ ހަރަކާތް އިތުރަށް ވަރުގަދަކޮށް މިރޭ ސީދާ ހަރަކާތަށް ނުކުންނަން ނިންމައިފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރިމަތި ކުރުވަމުން އަންނަ އަނިޔާތަކާއި ދެކޮޅަށް އިހުތިޖާޖްކޮށް އަޑުއުފުލުން ހިމެނޭ ގޮތަށް ހިނގާލުން ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. 

 

މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:54 ގައި މަޖީދީ މަގު އަތަމާ ޕެލަސް ކުރިމަތިންނެވެ. 

 

އެހެން ރޭތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކާއި މިރޭގެ ހަރަކާތް ތަފާތު ވާނެ ކަމަށާއި މި ހަރަކާތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ވީހާ ވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް