ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 15:57
ކުރީގެ ގަވަރުނަރު އަޒީމާ އާދަމް
ކުރީގެ ގަވަރުނަރު އަޒީމާ އާދަމް
ރިޒްނާ ޒަރީރު
ހިޔާނާތުގެ ފައިސާ
ހިޔާނާތުގެ ފައިސާ އާއި ގުޅޭ މިނިވަން ތަހުގީގެއް ކުރުމަށް އަޒީމާ ބަޔާނެއް ނެރުއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ހިޔާނާތުގެ ފައިސާއާ ގުޅޭ މިނިވަން ތަހުގީގެއް ކުރަން ޖެހޭ
ދޫވެއްސަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް ރައީސް ވިދާޅުވި
އަދީބު ޚަރަދުކޮށްގެން މަޖިލީހަށް ހޮވި މެމްބަރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅޭ މިނިވަން ތަހުގީގެއް ކުރުމަށް ގަވަރުނަރު ކަމުގެ މަގާމުން ބުދަ ދުވަހު އިސްތިއުފާ ދެއްވި ޑރ އަޒީމާ އާދަމް ބަޔާނެއް ނެރުއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަޒީމާ ގަވަރުނަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މަނީ ލޯންޑްރިންއާއި "ހަލާލު" ނޫން ގޮތުގައި ފައިސާ ލިބިވަޑައިގެންނެވި  ކަމަށް ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް އިއތިރާފްވެވަޑައިގެންފައި ވަނިކޮށް ކަމަށެވެ.

އެހެން ކަމުން މިނިވަން ތަހުގީގަކަށް އަޒީމާގެ ބަޔާނެއް ދެއްވުމަށް ގޮވާލައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އިން "ރުމާލު 2" ގެ ނަމުގައި ހުޅުވި ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ހަލާލު ނޫން ފައިސާއެއް ނޫންކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ގެކޮޅަށް ވެސް ހަލާލު ނޫން ފައިސާ ވަދެފައިވާ  ކަމަށެވެ.

ހަލާލު ނޫން ފައިސާ ރައީސް ޔާމީންގެ ގެކޮޅަށް ވަން ކަމަށް އެ މަނިކުފާނު އިއުތިރާފުވެވަޑައިގެންނެވި ވާހަކަ ނޫސްތަކުގައި ގެނައުމާއެކު، އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އޮއްސާލުމާއެކު ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުންދާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތައް ފަޅާއަރުވާލި، އަލްޖަޒީރާގެ ޑޮކިއުމެންޓްރީ، ސްޓީލިން ޕެރަޑައިސް އިން ވެސް ދެއްކީ، ހަލާލު ނޫން ފައިސާ ވެއްދީ އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ކަމަށާއި އެގޮތަށް ބުނުމަކީ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދީބުގެ ފައިސާއިން ޕީޕީއެމްގެ ބައެއް މެމްބަރުން ހޮވުމަށް ޚަރަދު ކޮށްފައިވާ ކަމަށާއި އެހެންވެ އެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް