ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 12:58
ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަނީ ޢިލްތިމާސްކޮށްފައި
ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަނީ ޢިލްތިމާސްކޮށްފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހަފްތާ ބަންދާ ހަމައަށް ވެސް މޫސުން ގޯސް - މެޓް އޮފީސް
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ
ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަމަށް މެޓް އޮފީހުގެ އޮފިޝަލް ވަނީ ފާހަގަކުރައްވާފަ
މޫސުމާއި ބެހޭ އެންމެ ފަހުގެ އަދާހަމަތައް ބެލުމަށް ފަހު ނޫނީ ދަތުރުފަތުރު ނުކުރުމަށް އޭނާ ވަނީ ޢިލްތިމާސްކުރައްވާފަ

ހަފްތާ ބަންދާއި ހަމައަށް ވެސް މޫސުން ގޯސް ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ވަނީ އެކަމާއި ގުޅިގެން އާއްމުން ސަމާލުވުމަށް ޢިލްތިމާސްކޮށް އިއުލާނެއް ވެސް ނެރެފައެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން މެޓް އޮފީހުން ބުނީ އެންމެ ބޮޑަށް މޫސުން ގޯސް ވާނީ އަންގާރަ، ބުދަ، ބުރާސްފަތި ދުވަހު ކަމަށެވެ. މީގެ އިތުރުން އެ ދުވަސްތަކުގައި ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް އޭނާ ޢިލްތިމާސްކުރެއްވިއެވެ. އަދި މޫސުމާއި ބެހޭ އެންމެ ފަހުގެ އަދާހަމަތައް ބެލުމަށް ފަހު ނޫނީ ދަތުރުފަތުރު ނުކުރުމަށް އޭނާ ވަނީ ޢިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަމަށް މެޓް އޮފީހުގެ އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ. އެ މައުލޫމާތު މެޓް އޮފީހުގެ އިތުރުން އެންޑީއެމްއޭ ފަދަ އިދާރާތަކުން ވެސް ލިބޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި އާއްމު ވައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި އަދި ދެކުނުގެ ސަރަހައްދުގައި 13 މޭލު ބާރުމިނުގައި ޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް