މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ނީޒާ އިމާދު އައްޔަން ކުރުމަށް އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ބުދަ ދުވަހު ފޮނުވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް މ. ލަކްސްލިން ނީޒާ އިމާދު އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލިހަށް ނަން ފޮނުއްވާފައިވާ ކަމަށެވެ.
Raeesuljumhooriyyaa, MMA governor ge magaamah Neeza Imad, M.Luxlin ge nan Rayyithunge Majileehah fonuvvaifi.
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) August 16, 2017
ނީޒާ އިމާދަކީ މިހާރު އެސިސްޓެންޓް ގަވަރުނަރެވެ. އަދި އެމްއެމްއޭގެ ބޯޑްގެ ވެސް މެމްބަރެކެވެ.
ނީޒާ އިމާދު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި އެކަމަނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި މިވަނީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަޒީމާ އާދަމް އެ މަގާމުން ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަޒީމާ ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ، ފިރިކަލުން، ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު އަކީ މިހާރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށް ނިންމެވުމުން ކަމަށެވެ.