ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 12:41
ކޮށްދިއްޕަރު ފަޅު
ކޮށްދިއްޕަރު ފަޅު
ގޫގުލް
ފަޅުތައް ވިއްކުން
މާލެ އަތޮޅުގެ ބޮޑު ފަޅެއް އަނެއްކާ ވެސް ވިއްކާލަނީ!
ވިއްކާލަން ނިންމާފައިވަނީ ކޮށްދިއްޕަރު ފަޅު
ޓޫރިސްޓް ރިސޯޓެއް ހެދުމަށް
މާލެ އަތޮޅުގެ ގިނަ އަދަދެއްގެ ފަޅުތައް ވިއްކާލާފަ

މާލެ އަތޮޅުގެ ގިނަ އަދަދެއްގެ ފަޅުތައް ވިއްކާލާފައިވާއިރު، އަނެއްކާ ވެސް މާލެ އަތޮޅުގެ ބޮޑު ފަޅެއް ވިއްކާލުމަށް އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން ވަނީ، ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ ކ. އަތޮޅު ފަޅު ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން އެ ފަޅު ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާތީ އެ ފަޅާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވޭތޯ ބެލުމަށް އިއުލާނުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި އެ ފަޅުގެ ނަން ބަޔާންކޮށްފައިނުވާއިރު، އެ އިއުލާނުގައި ވަނީ ފަޅުގެ ކޯޑިނޭޓްސް އެވެ. ރާއްޖެއެމްވީ އިން ބެލިބެލުމުން އެނގޭ ގޮތުގައި ވިއްކާލުމަށް އިއުލާނުކޮށްފައިވަނީ ކޮށްދިއްޕަރު ފަޅެވެ.

ކޮށްދިއްޕަރު ފަޅަކީ މާލެ އަތޮޅުގެ ފަޅުތަކުގެ ނިސްބަތުން ބޮޑު ފަޅެކެވެ.

ކޮށްދިއްޕަރު ފަޅު ވިއްކާލަން އިއުލާނުކޮށްފައިވާއިރު، އެނބުދޫ ފަޅު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފަޅުތައް ވަނީ ވިއްކާލާފަ އެވެ. އެނބޫދޫ ފަޅު ހިއްކައިގެން 10 ރިސޯޓް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ މަޝްރޫއު ވަނީ ރަސްމީކޮށް ފަށާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް