ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 05:55
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ
ގޫގުލް
ރާއްޖެ-އިންޑިއާގެ ގުޅުން
ދިވެހިންގެ މެހުމާންދާރީގެ ނުރަނގަޅު ފައިދާ ނަގައިގެން ނުވާނެ: އަކިލޭޝް މިޝްރާ
ރާއްޖެއާއި އިންޑިއާއި އާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވި

ދިވެހިރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއިން ދީފައިވާ މެހުމާންދާރީގެ ނުރަނގަޅު ފައިދާ، ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ އެއްވެސް ރައްޔިތަކު ނަގައިގެން ނުވާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 70 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ސަފީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާ، އެ ބަދަހި ގުޅުން ހުރިހާ ފެންވަރެއްގައި ދަމަހައްޓަން ޖެހޭ ކަމަށެވެ.

އެކި ބޭނުންތަކުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއިން އަދާކޮށްފައިވާ މެހުމާންދާރީގެ ނުރަނގަޅު ފައިދާ، ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ އެއްވެސް ރައްޔިތަކު ނަގައިގެން ނުވާނެ ކަމަށް ވިދާޅުވެ، އެފަރާތްތަކަށް ނަސޭހަތް ދެއްވަމުން ސަފީރު ވަނީ ދެޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުން ވަރުގަދަ ކުރުމަށް އިންޑިއާ އެމްބަސީ އަބަދުވެސް ތައްޔާރަށް ތިބިކަން ފާހަގަކުރައްވާފައެވެ.

އިންޑިއާގެ މިނިވަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގައި، މާލޭގައި ދިރިއުޅޭ އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާއިރު، މި ހަފްލާގައި އިންޑިއާ އެމްބަސީ އާއި ގާތުން، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބައެއް ދިވެހިންވެސް ވަނީ ބައިވެރިވެފައެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި މި ހަރަކާތުގައި އިންޑިއާގެ ސަގާފީ އެކި ހުށަހެޅުންތައްވެސް ވަނީ ދައްކާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
16 އޯގަސްޓް 2017 | ބުދަ 14:42
މީކާކުކަން އެނގޭނެ އެމްބެސެޑަރ
އަކީލޭސް ދެން ތިވާހަކަ ދައްކާނެ ކަމެއް ނެތެވެ. ތިޔަށް އަހަރެމެން ކިޔަނީ "ލިޕް ސަރވިސް" އެވެ. ރީތި ބަސްބުނާނެއެވެ. މެޓާހާ ފޮނިވާނެއެވެ. ޅޮސްގަހެގައި ލާވަރަށްވެސް އާރެއް ނުލާނެއެވެ. އެހެންނާ، މުލޭފަދަ، ސަހާރޭފަދަ މީހުން މިތާ ތިބިއިރު އިންޑިޔާއަށް ނުލާހިކު ގަދަރު ކުރި ކިތަންމެ ބަޔަކު މިހާރު އިންޑިޔާ ދެކެ ފޫހިވާން ފަށައިފިއެވެ. އިންޑިޔާގެ ކަމަކާ ގާތެއް ނުވެއެވެ. ވާނީ އެހެނެވެ. ތިޔަ ކަލްޗަރަލް ސެންޓަރަކަށް އައިސް އެހެރަ ހާލިގެއްގެ ނާގާބިލް ކަމުން ނުބެލިގެންގޮސް އެތަނަށް ގެނައި ތަބުލާ ޓީޗަރު އިސްލާންހާނު އަބަދު ރާބޮއި، ރާބޯން ފައިސާ ހޯދަން ސެންޓަރުގެ ދަރިވަރުން އަތުން ދަރަންޏަށް ފައިސާ ނަގާ ހެދިއިރު އެކަމެއް ހާލިގަކަށް ނޭނގުނެވެ. އެނގުނީމާ އިސްލާންހާނު ސިއްރު ސިއްރުން ފޮނުވާލީއެވެ. ދެން ގެނައި ފާޑެއްގެ ސިކެކެވެ. އޭނާ ކުޅެން ފެށީ ދިވެހި އަންހެންކުދިން ނާ ރައްޓެހި ވުމުގެ ކުޅިވަރެވެ. އެކަން ބޮޑުވީމާ އިންދިޔާ ދައުލަތުގެ ހަރަދުގައި ސިކުކަލޭގެ އަންހެނުންނާ އާއިލާޔާ ގެނައެވެ، އޭރު މާލަސްވެއްޖެއެވެ. ހުތުރު އެތައް ކަމެއް ހިނގައިފިއެވެ. އެމީހާވެސް ސިއްރުސިއްރުން ފޮނުވާލީއެވެ. އެންބެސެޑަރު ބެލީ ހާލިގު ސަލާމަތް ކުރެވޭތޯއެވެ. މިކަހަލަ ކަންކަން ހިނގާއިރު އެގިހުރެ ފިޔަވަޅުނާޅާ، ހިންދީއަކަށްވެހުރެ އިސްލާމްދީނުގެ ސަލާމުން ދިވެހީންނަށް މަލާމާތަށް ގޮވާ އެންބެސެޑަރަކު މިތާ ދެމިހުރުމަކީ ލަދު ކަމެކެވެ. އަކިލޭސް މޮޅުވާހަކަ ނުދައްކާ އިސްތިއުފާ ދިނުންވެސް މާރީތިވާނެއެވެ،