ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 00:41
ފައްޔާޒް އިމްތިޔާޒާއެކު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ފައްޔާޒް އިމްތިޔާޒާއެކު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރަން ޖެހޭ: ފައްޔާޒް
މިއަށްވުރެ ބޮޑު އިއުތިރާފެއް ނެތް މިރާއްޖޭގައި ތަހުގީގެއް ހިންގާކަށް ބޭނުމެއް ނުވޭ
މިއަކުން ރައީސް ޔާމީނަށް ރެކެވޭނެ އެއްވެސް ގޮތެއް ނެތް. މޯރަލް ގޮތުންނާއި ޖިނާއީ ގޮތުން ބެލިއަސް

ސަރުކާރުން ގެއްލިފައިވާ ފައިސާތަކުގެ މައްސަލަ ރާއްޖޭގައި  މިހާރު ހުރި ކޯޓުތަކުން ބެލިއަސް ރައީސް ޔާމީނަށް އެކަމުން ރެކެވޭނެ ގޮތެއް ނެތް ކަމަށާއި ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ވެސް ތަހުގީގް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި، ރުމާލް 2 ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ތަކަށް ރައްދު ދެއްވަމުންނެވެ.

ރައީސް ޔާމީންގެ ގެކޮޅު ގ ދޫވެއްސަށް ވެއްދި ފައިސާއަކީ ހަލާލް ފައިސާ ނޫން ކަމަށް ބެލެވޭ ކަމަށް ރައީސް ޔާމީން ވިދާޅުވި  ވިދާޅުވުމަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ އޭރު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކާއި ކޯލިޝަންގައި އޭރު ހިމެނު ފަރާތްތަކުން އެވާހަކަތައް ދެއްކުމުން ރައީސް ޔާމީން ދޮގު ކުރައްވާ އަޅާނުލައްވައި ދޫކޮށްލެއްވި ކަން ކަމަށް މިއަދު އެދަނީ އިއުތިރާފްވެވަޑައި ގަންނަވަމުން ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ ރާއްޖޭގައި މިހާރު މިހުރި ކޯޓުތަކުން ބެލި ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އެފައިސާތަކުގެ މައްސަލަ ސާބިތު ވާނެ ކަމަށާއި މިއަށް ވުރެ ބޮޑު އިއުތިރާފެއް ނުވެވޭނެ ކަމަށެވެ.

"މިއަށްވުރެ ބޮޑު އިއުތިރާފެއް މިރާއްޖޭގައި ތަހުގީގެއް ހިންގާކަށް ބޭނުމެއް ނުވޭ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އޭރު މިވާހަކަތައް އިދިކޮޅު ފަރާތްތަކުން ދެއްކި ކަމަށާއި އޭރުގެ ކޯލިޝަންގައި ހިމެނުނު ފަރާތްތަކުން ވެސް އެކަން ހިއްސާ ކުރަމުން އެކަން ޤަބޫލް ކުރެއްވުމުގެ ބަދަލުގައި އަދީބު ހެއްދެވީ ޚާލިދުބުނު ވަލީދާ އެއްފަދަ ބޭފުޅަކަށް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އޭރު އެފައިސާގައި ޖެހިވަޑައި ނުގެންނެވި ނަމަވެސް އެކަންކަން އެހެން ކުރިއިރު ނޭނގުމަކީ ވެސް މައްސަލައެއް ނޫން ކަމަށާއި އެކަން ކަމަށް ބައްލަވާފައި ވެސް ރައީސް ޔާމީން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ. އެގޮތުން މިމައްސަލައިގައި މޯރަލް ގޮތުން ބެލިނަމަވެސް އަދި ޖިނާއީ ގޮތުން ބެލިކަމުގައި ވިއަސް ރައީސް ޔާމީނަށް ސަލާމަތް ވެވޭނޭ އެއްވެސް ގޮތެއް ނެތް ކަމަށް ޤާނޫނީ ވަކީލްކަން ވެސް ކުރައްވާ ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ހެއްކަށް ނުފޫޒް ފޯރުވަފާނެތީ މިއަދު ފުލުހުންނާއި ޕީޖީ އޮފީހުން އަދި އޭސީސީން ރައީސް ޔާމީން ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން ވެސް ތަހުގީގް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

"މިއަކުން ރައީސް ޔާމީނަށް ރެކެވޭނެ އެއްވެސް ގޮތެއް ނެތް. މޯރަލް ގޮތުންނާއި ޖިނާއީ ގޮތުން ބެލިއަސް. ހަމަގައިމު ވެސް ފުލުސް އޮފީހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީން ހައްޔަރު ކޮށްގެން ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ބަންދުގައި ބަހައްޓައިގެން އެތަހުގީގް ކޮށް ނިންމަން އެބަޖެހޭ ، އެމަނިކުފާނު އޭގައި ހިމެނޭތޯ ނޫންތޯ ބެލުމަށްޓަކައި" ފައްޔާޒް ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް