ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 23:11
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު
ރާއްޖެއެމްވީ
ޝިފާޒު ފުލުސް އޮފީހަށް
ޝިފާޒު ފުލުހަށް ހާޒިރު ކުރީ ކައުންސިލް އިންތިހާބު ދުވަސްވަރު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން
ފުލުހަށް ހާޒިރުކުރީ އިލެކްޝަންސް ކޮޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަންޖެހޭ
މައުލޫމާތު ހާމަކޮށްފައިވަނީ ލިބިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅިގެން

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ފުލުސް އޮފީހަށް ހާޒިރު ކުރީ އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށާއި ހަގީގަތުގައި މިވެގެން އުޅޭ ގޮތަކީ، ލޯކަލް ކައުންސިލްގެ އިންތިހާބުން ރައީސް އަބްދުﷲ ޔާމީނުގެ ތާއީދު ނެތް ކަން ސާފުވެގެންދިއުން ކަމަށް ޝިފާޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން ޝިފާޒު ވިދާޅުވީ، ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ އިލެކްޝަންސް ކޮމިޝަނާއި ގުޅޭ ގޮތުން ހާމަކުރި މައުލޫމާތަކާއި ގުޅިގެން އެ މައުލޫމާތެއް ލިބުނު ގޮތެއް އޮޅުން ފިލުވުމަށް ކަމަށެވެ.

" އަޚުގަނޑު ދައްކާފައިވާ  ވާހަކަ މި އަމާޒު ވަނީ ނަތީޖާ ހާމަނުކޮށް ހިފަހައްޓަނީ ރައީސް ޔާމީނުގެ ބޭނުމަކަށް ނަތީޖާ ބަދަލު ކުރުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނަތީޖާ ބަދަލުކުރުމާއި ގުޅޭ ގޮތުން ދައްކާފައިވާ ވާހަކައަކާ ގުޅޭ ގޮތުން. އަޅުގަނޑަށް އެމައުލޫމާތު ލިބުނުގޮތް  އެއީ އެބޭފުޅުން އޮޅުން ފިލުވަން ބޭނުންވި އެއް ސަބަބު. އެ ނަތީޖާ ބަދަލު ކުރުމަށް ރައީސް ޔާމީން ބޭނުންވި ނަމަވެސް އެކަން ނުކުރެވި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި ރައްޔިތުންނަށް ލިބިފައިވާ ހޭލުންތެރިކަމާ ގުޅިގެން. އެބޭފުޅުން އެންމެ ބޮޑަށް ސާފުކުރައްވަން ބޭނުންވީ، އެ މައުލޫމާތު ލިބުނު ގޮތް އޮޅުންފިލުއްވުމަށް." ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ، ރާއްޖެއަކީ ކުޑަތަނަކަށްވާ އިރު އިލެކްޝަންސް ކޮމިޝަނުގައި ވެސް ދަންނަ މީހުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެގޮތަށް އެހެން މުއައްސަސާތަކުގައި  ވެސް ދަންނަ ފަރާތްތައް އުޅޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެ މައުލޫމާތު ލިބުނު ގޮތް ހާމަ ކުރަން ޖެހޭ  ހާލަތަަށް ދިއުމުން އެމައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ޝިފާޒު ވިދާޅުވީ، ފުލުހުން އެބުނާ ވާހަކަ އަކީ އޭނާ ދެއްކި ވާހަކައެއް ކަމަށާއި އެވާހަކަ ދައްކާފައި ވަނީ، ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށެވެ.

ޝިފާޒު ވިދާޅުވީ، މިފަދަ މައްސަލައެއް ނަގައިގެން ބެލުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނުގެ ތާއީދެއް ނެތް ކަން ޔަގީންވުން ކަމަށެވެ.

" ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވިދާޅުވެއްޖެ ރައީސް ޔާމީނަށް ތާއީދު ނުކުރާ ކަމަށް. ރައީސް ޔާމީނު ބޮޑު ތަނުން އެ އިންތިހާބުގައި ބަލިވެއްޖެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވެސް އަދި އެހެން ބޭފުޅުން ވެސް، ރައްޔިތުންގެ ތާއީދު އޮތް ގޮތަކަށް ކަންކަން ކުރައްވަންވީ." ޝިފާޒު ވިދާޅުވި އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް