Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 18:56
ފަސްޓް ގްލޯބަލް ޗެލެންޖް 2024 ގައި ބައިވެރިވާ ރާއްޖޭގެ ޓީމް
ފަސްޓް ގްލޯބަލް ޗެލެންޖް 2024 ގައި ބައިވެރިވާ ރާއްޖޭގެ ޓީމް
ވިމެން އިން ޓެކް
ފަސްޓް ގްލޯބަލް ޗެލެންޖް 2024
ފަސްޓް ގްލޯބަލް ޗެލެންޖް 2024 ގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމް ފުރައިފި
މި އިވެންޓުގައި ބައިވެރިވަނީ ޣިޔާސުއްދީން ސްކޫލުގެ 5 ދަރިވަރެއް
މި ޗެލުންޖުގައި ބައިވެރިވުމަށް އެހީތެރިވަނީ ވިމަން އިން ޓެކްއިން

ފަސްޓް ގްލޯބަލް ޗެލެންޖް 2024 ގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމް ފުރައިފިއެވެ.

ފަސްޓް ގްލޯބަލް ޗެލެންޖް 2024 ގައި ބައިވެރިވުމަށް އެތެންސްއަށް ފުރީ އަންގާރަ ދުވަހުއެވެ. ދިވެހިރާއްޖެ ދުނިޔޭގެ މަސްރަޙުގައި ތަމްސީލުކުރުމަށާއި، ރޮބޮޓިކްސްއާއި އައު އީޖާދުތަކަށް އޮތް ޝައުޤުވެރިކަން ދައްކުވައިދިނުމަށް ޓީމް އޮތީ ތައްޔާރަށް ކަމަށް ޓީމުން ބުނެއެވެ.

މިފަހަރުގެ ޓީމް ދަނީ ވިމެންއިންޓެކްގެ އެހީތެރިކަމާއެކުއެވެ. ފަސްޓް ގްލޯބަލް ޗެލެންޖް 2024 ގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުނަރުވެރި ޓީމަކީ ކޯޑިންގ އިން ފެށިގެން އެއްބާރުލުން ދިނުމާ ހަމައަށް، އައު އީޖާދުތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ބާރު ދުނިޔެއަށް ދައްކާލުމަށް ތައްޔާރަށް ތިބި ބައެކެވެ.

މި ޓީމުގައި ހިމެނޭ ފައިޒާންއަކީ ރޮބޮޓިކްސްގެ ދާއިރާއިން ޤުދުރަތީ ހުނަރެއް ލިބިފައިވާ ކުއްޖެކެވެ. ރޮބޮޓިކް ކާރުތައް ބިނާކުރުމާއި މަރާމާތުކުރުމުން ފެށިގެން މެކޭނިކަލް ނިޒާމުތައް ދިރާސާކުރުމާ ހަމައަށް އޭނާގެ ހުނަރު ފޯރާފައިވެއެވެ. މެކޭނިކަލް ހުނަރުތަކާއި ޕްރޮގްރާމިންގ ގެ ޢިލްމު އެއްކޮށްލެވިފައިވާތީ އޭނާއަކީ ދިވެހި ޓީމަށް ވަރަށް މުހިންމު މެންބަރެކެވެ.

ހަރުކަށި ތަކެތި ބިނާކުރުމާއި މަރާމާތުކުރުމުގެ ޝައުޤުވެރިކަން ހުރި މާޒު، ކުޑައިރުއްސުރެ އޭނާގެ މެކޭނިކަލް ހުނަރުތައް ތަރައްޤީކޮށްފައިވެއެވެ. އަމަލީ ތަޖުރިބާއާއި މެކޭނިކަލް ހުނަރާއި ޕްރޮގްރާމިންގ އެއްކޮށްލެވިފައިވާތީ އޭނާއަކީ ދިވެހި ޓީމަށް ވަރަށް މުހިންމު މެންބަރެކެވެ.

ދަހާއަށް ކަންކަން މަސައްކަތްކުރާ ގޮތް ދެނެގަތުމުގެ ޝައުޤުވެރިކަމާއެކު ރޮބޮޓިކްސްގެ ދުނިޔެއަށް ފައިމައްޗެއް ބެހެއްޓި ފަހުން އޭނާ ހުއްޓުމެއް ނެތި ކުރިއަށް ދަނީއެވެ! ރޮބޮޓިކްސްއަށް އޮތް ލޯބިއާއި މައްސަލަތައް ޙައްލުކުރުމުގެ ހުނަރަކީ ދިވެހި ޓީމަށް ވަރަށް މުހިންމު ބައެކެވެ.

ޒޯޔާ އަކީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އޭނާ ވަނީ ޚާއްޞަ ޝައުޤުވެރިކަމަކާއި ހުނަރުވެރިކަމެއް ދައްކުވައިދީފައެވެ. ނަޒަރިއްޔާތޔާތުތައް އަމަލީ ޙައްލުތަކަށް ބަދަލުކުރުމުގެ ޤާބިލުކަން ލިބިފައިވާތީ، ޒޯޔާއަކީ ދިވެހި ޓީމް ކާމިޔާބީއާ ދިމާއަށް ދަތުރުކުރުވާނެ މެންބަރެކެވެ.

Advertisement

ކައިލް އަކީ ވަރަށް ހަގު އުމުރުން ފެށިގެން ރޮބޮޓިކްސްއާއި އޮޓޮމޭޝަން ޓެކްނޮލޮޖީއަށް އޭނާ ވަނީ ފުން ޝައުޤުވެރިކަމެއް ދައްކުވައިދީފައެވެ. މެކޭނިކަލް ޑިޒައިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި އައު ގޮތްތަކަށް ވިސްނުމުގެ ހުނަރު ލިބިފައިވާތީ، ކައިލްއަކީ ދިވެހި ޓީމުގެ ވަރަށް މުހިންމު މެންބަރެކެވެ.

ނަބާހް އަކީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ޚާއްޞަ ޝައުޤުވެރިކަމަކާއި ހުނަރުވެރިކަމެއް ދައްކުވައިދީފައިވެއެވެ. އައު އީޖާދުތަކަށް އޮތް ލޯބިއާއި، ފާހަގަކޮށްލެވޭ މައްސަލަ ޙައްލުކުރުމުގެ ހުނަރުގެ ސަބަބުން، އޭނާއަކީ ދިވެހި ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ފަރްސްޓް ގްލޯބަލް ޗެލެންޖްގައި ދިވެހި ޓީމުގެ މެންޓަރު، ބިނޭޝް ކުމާރު އަކީ ކޮމްޕިއުޓަރ ސައިންސާއި ރޮބޮޓިކްސްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއެކު، ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތްތަކުގައި މެންޓަރުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. ތަޖުރިބާކާރު ސްޓެމް (STEM) އެޑިއުކޭޓަރު އަދި މެންޓަރު، ޢާއިޝަތު ނައުރާ ނަސީމް އަކީ ރޮބޮޓިކްސްގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، މެންޓަރުކަމާއި ކިޔަވައިދިނުމުގެ ދާއިރާއިން ސާބިތުވެފައިވާ ކާމިޔާބީތަކާއެކު، ނައުރާއަކީ އެތެންސްގައި ބޭއްވޭ މުބާރާތުގައި ދިވެހި ޓީމަށް ފެންނަން ނުޖެހޭ ވަރަށް އެހީތެރިވެދޭ ފަރާތެވެ.

ފަސްޓް ގްލޯބަލް ޗެލެންޖަކީ އޮލިމްޕިކްސްގެ ފެންވަރުގައި ބޭއްވޭ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެކެވެ. މި މުބާރާތް ކޮންމެ އަހަރަކު ތަފާތު ޤައުމެއްގައި ބޭއްވެއެވެ. ފަސްޓް ގްލޯބަލްއިން ކޮންމެ ޤައުމަކަށްވެސް ދަޢުވަތު އަރުވަނީ ރޮބޮޓެއް އުފައްދައި، ޕްރޮގްރާމްކޮށް، މުބާރާތުގައި ވާދަކުރުމަށް ޓީމެއް ފޮނުވުމަށެވެ. ޓީމުތަކުން މަސައްކަތް ކުރަނީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ކުޅިވަރެއްގައި ހިމެނޭ މަސައްކަތްތައް ފުރިހަމަ ކުރުމަށެވެ.

މީގެ ތެރޭގައި އިންޖިނިއަރިންގ ދާއިރާގެ 14 މަތިވެރި ގޮންޖެހުން ހިމެނެއެވެ. މިކަމުގެ މަގުސަދަކީ ދުނިޔޭގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމެވެ. އަދި އެ ޒުވާނުން އެމީހުންގެ ގާބިލުކަން ބޭނުންކޮށްގެން ދުނިޔޭގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމެވެ. ދުނިޔޭގެ މުޖުތަމަޢުއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރަން ޖެހެއެވެ. އަދި ކުރިއަށް އޮތް ޖީލަށް މި މަސައްކަތް އެކުގައި ކުރެވޭނެއެވެ.

މި ޗެލެންޖް އޮންނާނީ 26-29 ސެޕްޓެމްބަރ 2024 ގައި، 190 އަށްވުރެ ގިނަ ގައުމުތަކުގެ ދަރިވަރުން ގްރީސްގެ އެތެންސްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް