ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 16:06
ރައީސް ޔާމީން ޕީޕީއެމްގެ ހަފްލާއެއްގައި ވަހަކަދައްކަވަނީ
ރައީސް ޔާމީން ޕީޕީއެމްގެ ހަފްލާއެއްގައި ވަހަކަދައްކަވަނީ
ރައީސް އޮފީސް
ރައީސް ޔާމީންގެ ވާހަކަފުޅު
ރައްޔިތުންނަށް ހެޔޮނޭދޭ ބަޔަކު ގެންދަނީ ރައީސް ޔާމީންގެ ވާހަކަފުޅު އޮޅުވާލަމުން: ޕީޕީއެމް
ރައީސް ޔާމީންގެ ވާހަކަފުޅު ގެންނަވާފައިވަނީ "ސްޓީލިންގ ޕެރެޑައިސް" ރިޕޯޓާއި ގުޅުވައިގެން
އަދީބުގެ ފަރާތުން ފައިސާ ލިބިފައިވީ ފަރާތްތަކަށް ލިބިފައިވާ ފައިސާއަކީ ހަލާލު އެއްޗެއްތޯ ސުވާލު އުފައްދަމުން ގެންނެވި ވާހަކަފުޅެއްކަން އެނގޭ
ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްތް ހުއްޓާލުމަށް ގޮވާލަން

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވަން ފައިސާއަކީ ހަލާލު ނޫން ފައިސާކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު ބަޔަކު ގެންދަވަނީ އޮޅުވާލަމުން ކަމަށާއި، އެކަން ކުރަމުން ގެންދަނީ ރައްޔިތުންނަށް ހެޔޮ ނޭދޭ ބަޔަކު ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނެފި އެވެ.

 

ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު މާނަކޮށް، ވެރިކަން ކުރާ ޕީޕީއެމްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅު ގެންނަވާފައި ވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ފަންޑުކޮށްގެން އަލްޖަޒީރާގައި މިހާރު މަސައްކަތް ކުރާ ވިލް ޖޯރޑަން ހެދި "ސްޓީލިންގ ޕެރެޑައިސް" ރިޕޯޓާއި ގުޅުވައިގެން ކަމަށެވެ. އަދި ވިލް ޖޯރޑަންއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނާއި މެދު ހިންގާ ލާއިންސާނީ އަމަލުތަކަށް ފަސްއަޅައި ޕްރޮޕެގެންޑާ ފެތުރުމަށް، ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައެއް ދީފައި ރައީސް އޮފީހުގެ މަސައްކަތަށް ގެނަސްފައިހުރި މިހެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ވާހަކަފުޅަކީ "ސްޓީލިންގ ޕެރެޑައިސް" ގައި ބުނެފައިވާ ގޮތަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ހަލާލު އެއްޗަކަށް ނުވާނަނަ އަދީބުގެ ފަރާތުން ފައިސާ ލިބިފައިވީ ފަރާތްތަކަށް ލިބިފައިވާ ފައިސާއަކީ ހަލާލު އެއްޗެއްތޯ ސުވާލު އުފައްދަމުން ގެންދެވި ވާހަކަފުޅެއްކަން އެނގޭކަމަށެވެ. އަދި ޕީޕީއެމްގެ މުސްތަޝާރު ދެއްކެވި ވާހަކަފުޅުތައް ރައްޔިތުންނަށް ހެޔޮނޭދޭ ބަޔަކު ދަނީ ވަރަށް ބޮޑަށް އޮޅުވާލަމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި އެންމެ ނިކަމެތި މީހާއިން ފެށިގެން އެންމެ ތަނަވަސް މީހާ އާއި ހަމައަށް ވެސް އެ މީހެއްގެ ނަފުސުގެ ކަރާމާތާއި އަބުރުގެ ރައްކާތެރިކަން ހިފެހެއްޓޭނެ ގޮތަށް ވާހަކަ ދެއްކުމަށް ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ.

 

ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އޮޅުން ނާރާ މިންވަރަށް އެމަނިކުފާނު ވިދާޅުވެފައި ވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ އެމަނިކުފާނުގެ ގެޔަށް ވަން އިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށެވެ.

 

"އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް  ޚަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ." ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 އޯގަސްޓް 2017 | އަންގާރަ 16:24
މަނިކުފާން
އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ޚަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ." ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ. މެންބަރުން އެކަންޏެއްނޫން މަގާމުން ދުރުވާން ވީ ޙުދު މަނިކުފާނުވެސް މަގާމުން ދުރަށްދާން ފެނޭ......
15 އޯގަސްޓް 2017 | އަންގާރަ 16:17
އައްޔަ
މަނިކުފަނު ކޮނއމެ އެއްޗެކޭ ވިދާޅުވިޔަސް އެވާހަކަ ފަސް އަޅާ ޕީޕީއެމް އިން ހަދާނެ އެއީތާ އެމީހުން ގެ ކަމަކީ ......................