ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 16:27
ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް
ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް
ޓްވިޓަރ
ޕީޕީއެމް
އިންތިހާބަކާ ނުލާ ވެސް ރައީސް ޔާމީން އަށް 2018 ކާމިޔާބު ކުރެވިދާނެ: އަބްދުއްރަހީމް
ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް އިދިކޮޅު ފަރާތްތަކުގެ ނެތް
ކުރިއަށް ހުރި ދުވަސްތަކުގައި މުޅި ރާއްޖޭގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގާނަން
ޕީޕީއެމްގެ ހަރަކާތްތައް ހިންގަން ފެށުމުން ވާދަވެރިން ތިބެން ޖެހޭނީ މަޑުން

 ރިޔާސީ އިންތިހާބަކާ ނުލާ ވެސް  ރައީސް އަބްދުﷲ ޔާމީން 2018 ގައި އިންތިޚާބު ކުރެވިދާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.  

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ  ޕީއެމްއާ ވާދަވެރި ފަރާތްތަކުން ރިޔާސީ އިންތިހާބުގުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ވެސް ނެތް ކަމަށެވެ.

އެހެން ކަމުން ރައީސް ޔާމީން 2018 ގައި  ރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް އިންތިހާބް ކުރުމަށް އިންތިހާބެއް ވެސް ބާއްވަން ނުޖެހޭނެ ކަމަށާއި އިންތިހަބާކާ ނުލާ ވެސް ރައީސް ޔާމީން އިންތިހާބު ވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ  އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އަށް އަދި ރައީސް އަބްދުﷲ ޔާމީން އަށް ތާއިދު ނެތް ކަމަށް ވިދާޅުވި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫންކަން އޮގަސްޓް 12 އަދި 13 ގައި ޕީޕީއެމް އިން ހިންގި ހަރަކާތްތަކުން ސާބިތުވެގެން ހިނގައްޖެ  ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް ހުރި ދުަވަސްތަކުގައި މުޅިރާއްޖޭގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ހަރަކާތްތައް  ހިންގަން ފެށުމުން އިދިކޮޅު ފަރާތްތައް ތިބެން ޖެހޭނީ މަޑުން ކަމަށާއި ޕީޕީއެމްގެ ހަރަކާތްތައް ހުއްޓާލާނީ 2018 ގައި ރައީސް ޔާމީން ރިޔާސީ ދެ ވަނަ ދައުރަކަށް އިންތިހާބް ކުރުމަށް ފަހު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް