ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 13:30
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
މަޖިލީހުގެ ތެރެއިން ކުރަން އުޅުނީ ބަޣާވާތެއް: ރައީސް ޔާމީން
ރައްޔިތުންގެ އެންމެ މުހިއްމު މުއައްސަސާއަށް ކަރަޕްޝަން ވަނުމަކީ ރައީސް ޒިންމާ އުފުއްލަން ޖެހޭ ކަމެއް ނޫން
ރައީސް އަޒުލުކުރައްވަން އުޅުއްވި މެމްބަރުން އެބޭފުޅުންނަށް ފައިސާ ލިބުނީ ކިހިނެއްކަން ބުނެދޭންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ބައެއް ފަރާތްތައް ގުޅިގެން މަޖިލީހުގެ ތެރެއިން ބަޣާވާތެއް ގެންނަން މަސައްކަތް ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"ރުމާލު 2" ޖަގަހަ ހުޅުވަން ސިނަމާލޭ ފްލެޓް ސަރަހައްދުގައި ހޯމަދުވަހުގެ ރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއަށް ކަރަޕްޝަން ވަދެގެން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޒުލްކުރަން ކުރި މަސައްކަތަކީ "ބޮޑު ބަޣާވާތެއް"ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ކަރަޕްޝަން ވަދެގެން، ރައްޔިތުންގެ މަޖިލީހަށް ކަރަޕްޝަން ވަދެގެން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޒުލްކުރައްވަން ކުރި މަސައްކަތަކީ ބޮޑު ބަޣާވާތެއް. މިހާރު އެއީ ބަޣާވާތެއް ކަމަށް ގަބޫލުކުރައްވަން އެބަޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންގެ އެންމެ މުހިއްމު މުއައްސަސާއަށް ކަރަޕްޝަން ވަނުމަކީ އެމަނިކުފާނު ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އެމަނިކުފާނާއި މަޖިލީހުގެ ރައީސް އަޒުލުކުރަން އުޅުނު މެމްބަރުނަށް ފައިސާ ލިބުނީ ކޮން ދިމާއަކުންކަން ބުނެދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން އެމަނިކުފާނު އަޒުލުކުރެއްވުމުގެ ބަދަލުގައި ވޯޓުން އެމަނިކުފާނު ބަލިކުރެއްވޭތަން ދެއްުކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ ކަރަޕްޝަންގެ ފައިސާތައް ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށާއި ސިޔާސީ ހަތަރު ލީޑަރުން ވެސް އެމަނިކުފާނަށް އެހީތެރިވެދެއްވުމަށް ރައީސްޔާމީން ވަނީ އެދިވަޑައިގެންފައެވެ. އަދި ސިޔާސީ ލީޑަރުން ދައްކަވަންޖެހޭ ފައިސާ ފުރަތަމަ ދައްކަވަން ޖެހޭ ކަމަށާއި ދައްކަވަން ނުޖެހޭ ކަމަށް ގަބޫލުކުރައްވާ ނަމަ ކޯޓުތަކަށް ހުށައަޅައިގެން އެ މައްސަލަތައް ބެއްލެވުމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ އިދިކޮޅު ބޭފުޅުންނަށް ބަހުގެ އެކި ހަމަލާދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމަކީ އެމަނިކުފާނުގެ "ޑެއިލީ މެނޫގައި" ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި މީގެ އިތުރުން  އެމަނިކުފާނަކީ ދެ ފަހަރު ދެ ގޮތަށް ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ހޯމަދުވަހުގެ ރޭގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 އޯގަސްޓް 2017 | އަންގާރަ 14:30
ކަނައްކަފޫޅު
ބޮޑު ބަޣާވާތަކުން ވެރިކަމަށް އައި ހަސަނަން އަބަދުވެސް ހީވާނީ އެދަނީ ކެޔޮގަނޑު ކަނޑާށޭ!!!! ތ
15 އޯގަސްޓް 2017 | އަންގާރަ 14:18
ސައްތާރު
ޔާމީނު ރޭގައި ބުނި އަދީބު ދިން ވަގުފައިސާއިން ހޮވުނު މެމަބަރުން އިސްތިއުފާދޭށޭ. އެހެންވީމާ މަޖްލީހުގެ މެމަބަރުންނަށް ރިޝްފަތު ދިނީ ކާކުކަން މިހާރު އޮޅެއްޖެ.