Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 20:02
ވިނަރެސް ފްލެޓު ކައިރީގައި ހިނގި އެކްސިޑެންޓް އާއި ގުޅިގެން ހައްޔަރު ކުރި 3 މީހުން
ވިނަރެސް ފްލެޓު ކައިރީގައި ހިނގި އެކްސިޑެންޓް އާއި ގުޅިގެން ހައްޔަރު ކުރި 3 މީހުން
ޕޮލިސް
ވިނަރެސް ކައިރީ ހިނގި އެކްސިޑެންޓް
ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި 3 މީހުންނަށް ދައުވާ ކުރަނީ
ތިން މީހުންނަށް ދަޢުވާ ކުރުމަށް މައްސަލަ ބަލައިގެންފައި ވަނީ ހޮނިހިރު ދުވަހު
ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިފައިވޭ
މި އެކްސިޑެންޓްގައި ސައިކަލުގައި އިން ފިރިހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވޭ

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތުހުމަތު ކުރެވޭ ތިން މީހުންނަށް ދަޢުވާ ކުރުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންނަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހޮނިހިރު ދުވަހު މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓް ކައިރީގައެވެ. މި ހާދިސާގައި ރޭސިންގ ކާރެއް ދުއްވާފައި ގޮސް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައިވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ހ. ނޫރަަންމާގެއާގެ، އިކްރާމުއްރަހްމާން އާއި، މ. ލޭންޑްއޮފްގާރޑްން އިބްރާހީމް އިކްރާމާއި، ގއ. ކަނޑުހުޅުދޫ އާޒާދުގެ، ޖިނާހް އިސްމާޢީލްއެވެ.

Advertisement

ބާރު ސްޕީޑްގައި ދުއްވާފައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ވަނީ އެދުވަހު ފިލައިގެން ގޮސްފައެވެ. އަދި ފަހުން އޭނާއެކު އެ ކާރުގައި ތިބި އިތުރު 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، ވީޑިއޯ އިން ފެންނަ ގޮތުގައި ކާރު ދުއްވާފައި ދަނީ ވަރަށް ބާރު ސްޕީޑްގައެވެ. ކޮންޓްރޯލް ނުވެ ސައިކަލު ދުއްވާ ލޭނުން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލުގައި ވަރަށް ބާރަށް ޖެހެއެވެ. ސައިކަލުގައި އިން މީހާ ވިއްސައިގެން ގޮސް ވެއްޓެނީ އެސަރަހައްދުގައި އިން ފިހާރައެއް ކައިރިއަށެވެ. އަދި ދުވާރު ކައިރީގައި އިންދާފައި އިން ގަސް ވެސް ވިއްސައިގެންދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ޕާކު ކޮށްފައި އިން އެހެން ސައިކަލަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި އިން ފިރިހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް