ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 13:42
 'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން
'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
އޯޒޯން އެކްސްޕޯ
'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި
އެކްސްޕޯ ކުރިއަށް ދަނީ އ.ދ އާއި އެންވަޔަރަންމެންޓް މިނިސްޓްރީ ގުޅިގެން
މިއީ 2011 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އެކްސްޕޯއެއް
އެކްސްޕޯގައި ރާއްޖޭން ބޭރުގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ބައިވެރިވޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ގުޅިގެން "އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ 2017" ގެ ނަމުގައި މައުރަޒެއް ހުޅުވައިފި އެވެ.

މި މަހުގެ  14 އިން 16 އަށް ދަރުބާރުގޭގައި ކުރިޔަށްގެންދާ މި މައުރަޒް ހުޅުވާދެއްވީ މިނިސްޓަރ އޮފް އެންވަރަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމްއެވެ.

މި މައުރަޒަކީ 2011 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް އެޗްސީއެފްސީ ގޭސް އެތެރެކުރުން ކޮންޓްރޯލްކުރަން ފެއްޓުމާ އެކު، ދުނިޔޭގެ ބާޒާރުގައި ލިބެންހުރި ތިމާވެށްޓާ ރައްޓެހި ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އުފެއްދުންތައް ދައްކާލުމަށްޓަކައި އެކި ގައުމުތަކުގައި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓްގެ އެހީއާ އެކު ބާއްވާ މައުރަޒެކެވެ.

މިގޮތުން 2011 ވަނަ އަހަރު މިފަދަ ވަރަށް ކާމިޔާބު މައުރަޒެއް ދިވެހިރާއްޖޭގައި ވަނީ ބާއްވާފައެވެ. ފާއިތުވެދިޔަ ތާނގައި ބޭއްވި މައުރަޒުތަކެކޭ އެއްފަދައިން މިއަހަރުގެ މައުރަޒުގައި ވެސް ޔޫރަޕްގެ ޤައުމުތަކާއި، ޖަޕާން އިންޑިޔާ، ސިންގަޕޫރު އަދި ޗައިނާ ފަދަ ގައުމުތަކުން ބައިވެރިވިއެވެ.

އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ތިމާވެށްޓާއި ރައްޓެހި ރެފްރިޖިރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެކްސްޕޯއާ އެކު މިނިސްޓަރުންގެ ހައި ލެވަލް ބައްދަލުވުމަކާއި މަސްވެރި ކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ފުޑް ޕްރޮސެސިންގ ދާއިރާ އަދި ކޮންސްޓްރަކްޝަން ދާއިރާއަށް ހާއްސަކޮށް ވަކިވަކި މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އެބަގެންދެއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއއްޔާތެއްގައި މައުރަޒު ހުޅލުއްވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް(ޔޫއެންއީޕީ) ގުޅިގެން އޮގަސްޓް މަހުގެ 14ވަނަ ދުވަހު ދަރުބާރުގޭގައި ދެމެހެއްޓެނިވި ގޮތުގައި މެރިން އަދި މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ރެފްރިޖަރޭޝަން ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން ފިޝަރީޒް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން "އިންޑަސްޓްރީ ޑައިލޮގް" ނަމުގައި ބައްދަލުވުމެއް ދަރުބާރުގޭގައި ބާއްވާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް