ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 12:08
ސަލަފުން ހުކުރުދުވަހުގެ ރޭ ދިނުމަށް ހަމަޖެހިފައިވާ ދަރުސްގެ ޕޯސްޓަރ
ސަލަފުން ހުކުރުދުވަހުގެ ރޭ ދިނުމަށް ހަމަޖެހިފައިވާ ދަރުސްގެ ޕޯސްޓަރ
ޓްވިޓަރ
"ރިޝްވަތު"
"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް
މިދަރުސް ދޭން ހަމަޖެހިފައިވަނީ ހުކުރުދުވަހުގެ ރޭ

ސަލްފް ޖަމިއްޔާއިން "ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދީނީ ދަރުހެއް ދޭން ނިންމައިފިއެވެ.

އެޖަމިއްޔާއިން މި ދަރުސް އިސްތިހާރު ކުރުމަށް ހަދާފައިވާ ޕޯސްޓަރުގައި ބުނެފައި ވަނީ ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:45ގައި އަލިމަސް ކާނިވާ ސުޓޭޖްގައި ކަމަށެވެ. އަދި މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް އާއި އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ގާސިމް ކަމަށް އެ ޕޯސްޓަރުގައި ވެއެވެ.

"ރިޝްވަތު" ގެ ނަމުގައި ސަލަފުން ދަރުހެއް ދޭން ނިންމާފައި ވަނީ މެމްބަރުންނާއި ފަނޑިޔާރުން އަދި ސިޔާސީ ބައެއް ފަރާތްތައް ރިޝްވަތުގައި ހިފާ ކަމަށް ރައްޔިތުންގެ ތެރޭގައި އެވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް