ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 10:41
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް
ޓްވިޓަރ
ނިހާންގެ ތުހުމަތު
ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި
ތިމާގެ އަމިއްލަ ކަމެއް ޖެހުނީމަ ފަނޑިޔާރުންނަށް ގުޅައި، އިންސާފުގެ ވާހަކަ ދެއްކުމަކީ ޖޯކެއް
އިދިކޮޅު ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުންނަށް ނުފޫޒް ފޯރުވާ މީހުން އެކަން ހުއްޓާލަން ޖެހޭ
ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ފަނޑިޔާރުންނަށް ނުފޫޒް ފޯރުވާ މީހަކު ނުހުންނާނެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ވާހަކަ ދައްކަވައިފިއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މަސައްކަތް ކުރައްވާ ބައެއް އިސްބޭފުޅުން ފަނޑިޔާރުންނަށް ގުޅާ ރިޝްވަތު ދޭން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ނިހާން ވިދާޅުވީ  އެކަން ކުރައްވަނީ އިދިކޮޅު ފަރާތްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރުންނަށް "ޑައިލްކޮށްލަން" ކެރޭ ބޭފުޅެއް ކަމަށެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްގައި މިހާރު ތިއްބެވި މީހުންގެ ތެރޭގައި ފަނޑިޔާރަކަށް ގުޅާ އަމިއްލައަށް ބޭނުންވާ ގޮތްތަކުގެ ވާހަކަ ދައްކަވަން ކެރޭނެ ވަރުގެ މީހަކު ނުހުންނާނެ ކަމަށެވެ. ނިހާން ވިދާޅުވީ އެގޮތަށް ފަނޑިޔާރުންނަށް ގުޅާ، ވާހަކަތައް ދެއްކުމަކީ "ހެއްވާ" ކަމެއް ކަމަށެވެ.

ވަޓްސްއެޕް ބޭނުންކޮށްގެންނާއި އިންސްޓަގުރާމް ފަދަ މުއާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން ފަނޑިޔާރުންނަށް ނުފޫޒް ފޯރުވާ ބޭފުޅަކު އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ. ހާއްސަކޮށް ދެ ހަސްމެއްގެ މެދުގައި ޝަރީއަތުގެ މަޖިލީހުގައި ކަމެއް ނިންމަން އިންނަ ފަނޑިޔާރަކަށް އެއްވެސް މީހަކު ގުޅައި، ނުފޫޒް ފޯރުވައިގެން ނުވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ނުގުޅާނެ، އިދިކޮޅު ފަރާތްތަކުން މިހާރު ތިއްބެވި ބޭބޭފުޅުންގެ ތެރެއިން މިކަހަލަ ކަމަކަށް ނަމްބަރު ޑައިލްކޮށްލަން ކެރިވަޑައިގަންނަވާ ބޭފުޅަކު ހުރިއްޔާ މިރެއިން ފެއްޓިގެން އެކަން ހުއްޓަވާލައްވާ. އަޅުގަނޑުމެން ހަރުކަށި އިބާރާތުން އެކަންކަން ކުށްވެރި ކުރަން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ތީމާގެ އަމިއްލަ ކަމެއް ދިމާވާއިރަށް ފަނޑިޔާރުގެއަށް ގުޅައި، ވަކިކަމެއް ވަކި ގޮތަކަށް ނިންމުމަށް މަސައްކަތް ކުރުމަށް ފަހު ދެން ނިކުމެ އިންސާފެއް ނެތޭ ގައުމުގެ އިސްތިގުލާލޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ޖޯކެއް ކަމަށެވެ.

ރައީސް މައުމޫން ދެއްކެވި ކުޑަ ކެކުރި އާއި ބޮޑު ކެކުރީގެ ވާހަކަތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަމުން ނިހާން ވިދާޅުވީ މިހާރު އެވާހަކަތައް ގަބޫލު ކުރަން ވަަރަށް ދަތި ކަމަށާއި އޭރު ކުރި ބުރަ މަސައްކަތުގެ ތެރެއިން ކުޑަ ކާފާއި ބޮޑު ކާފު ވެސް ވާނެ ކަމަށާއި ނަމަވެސް އެވާހަކަތައް ތަންތާ އަރާ ނުދައްކަވާ ކަމަށް ނިހާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 އޯގަސްޓް 2017 | އަންގާރަ 12:27
ނޭފަތުފޫޅު
މީނައަށް މިކަން އެނގުނީ ހުވަފެނަކުން ފެނިގެން ބާ؟
15 އޯގަސްޓް 2017 | އަންގާރަ 11:00
ހަސަން
ފަނޑިޔާރުމީހާ ގެންގޮސްގެން ވާހަކަދެއްކުން އޯކޭތަ ނިހާނޫ؟