ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 11:32
މުބާރާތުގައި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗުގެ ތެރެއިން
މުބާރާތުގައި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗުގެ ތެރެއިން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކާވާ ވިމަންސް ޗެލެންޖު
ރާއްޖެ އިން ދެ ވަނަ މެޗު ވެސް ކާމިޔާބު ކޮށްފި
ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެެވެ.

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީ ބޯޅަ ޗެލެންޖު ކަޕްގެ ދެ ވަނަ މެޗު ވެސް ދިވެހި ރާއްޖެ އިން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ނިކުތީ ތަޖިކިސްތާނާ ދެކޮޅަށެވެ. އެ މެޗު ރާއްޖެ އިން ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓު އެއް ސެޓުންނެވެ.

ރާއްޖެ އިން ވަނީ މެޗުގެ ފުރަތަމަ ދެ ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ފުރަތަމަ ސެޓު 25-18 އަދި ދެ ވަނަ ސެޓު 25-12 އިންނެވެ. ނަމަވެސް ތަޖަކިސްތާނުން ވަނީ ތިން ވަނަ ސެޓު ކާމިޔާބުކޮށް އުންމީދެއް ހޯދައިފަ އެވެ. ވާދަވެރި ކުޅުމަކަށްފަހު އެ ޓީމުން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 21-25 އިންނެވެ. ޖެހިގެން ކުޅުނު ހަތަރު ވަނަ ސެޓު ރާއްޖެ އިން ވަނީ 25-16 އިން ކާމިޔާބުކޮށް، މެޗުން މޮޅުވެފަ އެވެ.

ރާއްޖެ އިން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފަ އެވެ. ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް