Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 15:45
ރޭސިންގ އެސޯސިއޭޝަން
ރޭސިންގ އެސޯސިއޭޝަން
ރޭސިންގ އެސޯސިއޭޝަން
ރޭސިންގ އެސޯސިއޭޝަން
އެއް ބަޔަކު ކުރާ ކަމެއްގެ އަދަބު މުޅި ރޭސިންގ ދާއިރާއަށް ނުދިނުމަށް ރޭސިންގ އެސޯސިއޭޝަނުން ގޮވާލައިފި
ރައްކާތެރި ގޮތުގައި މިފަދަ ޙަރަކާތްތައް ހިންގުމަށް އެ އެސޯސިއޭޝަނުން ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެފައިވޭ
ރޭސިންގ އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ބާތިލު

ރޭސިންއަށާއި ޑްރިފްޓިންއަށް ހުޅުމާލެއިން ދޫކޮށްފައި އޮންނަ ސަރަހައްދު އަތުލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން ރޭސިންގ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ، ރާއްޖޭގައި ޤަވާއިދާ އެއްގޮތަށް ރައްކާތެރި ގޮތުގައި މިފަދަ ޙަރަކާތްތައް ހިންގުމަށް އެ އެސޯސިއޭޝަނުން ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން 307 އެތްލީޓުންވެސް ބައިވެރިވަމުންދަނީ ބެލެހެއްޓި އިންތިޒާމު ވެގެންވާ ގޮތެއްގެ މަތިން ހިންގޭ ޙަރަކާތްތަކެއްގައި ކަމަށާއި، އެއީ އެތްލީޓުންގެ ހުނަރު ދައްކާލުމަށް ހަރުކަށި އުސޫލުތަކާއެކު ބޭއްވޭ ޙަރަކާތްތަކެއްކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން، އެއްވެސް ބައިވެރިއަކު އުސޫލުތަކާއި ޤަވާއިދުތަކާ ޚިލާފުވެއްޖެނަމަ އެކަމަށް ޒިންމާދާރު ކުރުވުމަށްވެސް އެސޯސިއޭޝަނުން މަސައްކަތް ކުރާ ކަމަށާއި، ޒިންމާދާރު ކަމާއެކު އެއްގަމު އުޅަނދު ދުއްވުމަށް އަބަދުވެސް ބާރުއަޅާކަމަށް ފާހަގަކޮށްފައިވެއެވެ.

Advertisement

އެ އެސޯސިއޭޝަނުން ވަނީ ސްޕޯޓްސް ކާރެއްގެ ސަބަބުން ހިނގާ ހިތާމަވެރި ޙާދިސާއެއްގެ ސަބަބުން މުޅި އެ ދާއިރާގައި ޙަރަކާތްތެރިވާ އެންމެންނަށް ޖުމުލަ ގޮތެއްގައި ހުރަސް އެޅިގެންނުވާނެކަމަށްވެސް ބުނެފައެވެ.

ރައްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކަށް ރައީސް ވަނީ ކަންތައްތަކެއް ތަންފީޒު ކުރުމަށް އަންގަވާފައެވެ. އޭގެ ތެރޭގައި މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތަށް އިސްލާހުކުރުން ހިމެނެއެވެ.

އަދި ރޭސިންގ އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލްކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ގްރޭޓަރ މާލޭ ޒޯންގަ އާއި، އުތުރު ޑެވެލޮޕްމަންޓް ޒޯންގަ އާއި ދެކުނު ޑެވެލޮޕްމަންޓް ޒޯންގައި އިންޓަރނޭޝަނަލް ފެންވަރުގެ ރޭސިންގ ޓްރެކް ޤާއިމުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް