ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 00:32
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ރައީސް އޮފީސް
އެމްއެމްޕީއާރުސީގެ ހިޔާނަތް
ދޫވެއްސަށް ފައިސާވެއްދި، އެއީ ހަލާލު ފައިސާއެއްނޫން: ރައީސް ޔާމީން
އަލްޖަޒީރާ އިން ވެސް ދެއްކީ، އަޅުގަނޑުގެ ގެއަށް ފައިސާ ވެެއްދިތަން
އަދީބުގެ ފައިސާ އިން ހޮވުނު މެންބަރުންގެ މައްސަލަތައް ބަލާނަން
އަދީބުގެ ފައިސާއިިން ހޮވުނު މެންބަރުން އިސްތިއުފާދެއްވަންޖެހޭ

ރައީސް އަބްދުﷲ ޔާމީން ކުރިން ދިރިއުޅުއްވި ގެކޮޅު ގ. ދޫވެއްސަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ހޭދަކުރެއްވި  ފައިސާ ވެއްދި ކަމަށާއި، އެހެން ނަމަވެސް އެއީ ހަލާލު ފައިސާ ނޫންކަން މިހާރު އެމަނިކުފާނަށް އެގިނވަޑައިގެންފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

 

ޕީޕީއެމުން އާދީއްތަ ދުވަހުގެރޭ " ރުމާލު 2 ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ވަގަށް ނެންގެވި ފައިސާ ވެއްދި ކަމަށް ދައްކަނީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅަށް ނޫން ކަމަށެވެ. މިއީ ފުރަތަމަ ފަހަރަށް ގ. ދޫވެއްސަށް ފައިސާ ވެއްދި ކަމަށް އަމިއްލަފުޅަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވި ފަހަރެވެ.

"މި ފައިސާއިން ހަރަދުކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް  އިންތިހާބުކުރަންތޯ އެބަ ބަލަންޖެހޭ، ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް  ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ  ހުންނާނީ  އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި  މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

 

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އަދީބު ފައިސާ ދެން ހޭދަ ކުރެއްވީ ކޮން ބޭފުޅުންނަކަށްތޯ ބަލަންޖެހޭ ކަމަށެވެ. އެކަން ބަލަންޖެހެނީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ލިބިވަޑައިގެންނެވީ ހަމައެކަނި އެމަނިކުފާނަން ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހަށް އިންތިހާބުކުރުމަށް އަދީބް ފައިސާ ހޭދަކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އަދީބްގެ ފައިސާއިން އިންތިހާބްވި މެމްބަރުން އިސްތިއުފާދެއްވުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

 

"އަލްޖަޒީރާއިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން. މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާއަށް ވެސް ނުފެނުނު. އެހެންވީމަ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް މި ފައިސާ އެބަ ދައުލަތަށް ވަންނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

 

އެމަނިކުފާން މިގޮތަށް ވިދާޅުވީ އަދީބްގެ ފައިސާއިން މަޖިލީހަށް އިންތިހާބްވި މެމްބަރުންގެ މައްސަލަ ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ބަލާނެކަން ފާހަގަކުރަމުންނެވެ. އިދިކޮޅު މަޖިލީސް މެމްބަރުންނަން އިޝާރަތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައެއް މަޖިލީހުގެ މެމްބަރުންނަން ޖަވާބު ނުދެއްވޭނެ ވާހަކަތަކެއް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

 

"ހަމަ ގައިމު ވެސް މަޖިލީހުގައި ތިއްބަވާނެ އަހުމަދު އަދީބު ހޭދަކުރައްވައިގެން އިންތިހާބުވި މެންބަރުން. އެހެންވީމަ އެ ބޭފުޅުން ވެސް ރާއްޖެ ކޮރަޕްޝަނުން ސަލާމަތް ކުރަން ބޭނުންވާނަމަ އަމިއްލައަށް އެކަން ގަބޫލުކޮށް ދުރަށް ވަޑައިގެން އަމިއްލަ ފައިސާއިން ހޮވިގެން އާދޭ. އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ހަރަދުކުރީކީ. މީގަ ބޮޑު ހޭދައެއް ކޮށްދެއްވީ އަހުމަދު އަދީބު. އެހެންވީމަ ޑޭވަންއިން ފެށިގެން އަހުމަދު އަދީބު ގެންގުޅުއްވި ފައިސާއަކީ ހަލާލު ނޫން ހައްގު ނޫން ފައިސާ ކަމަށްވާ ނަމަ އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން،" ރައީސް ޔާމީން ވިދާޅުވުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 އޯގަސްޓް 2017 | އަންގާރަ 08:32
ދެކުނުތަރި
އަސްލުގަވެސް މިރައިށް މިހުރީ ބޯގޮވާފަ. ބޯގޮވާފަ ހުރިމަ ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ހިސާބައްދިޔައިމަ އެކަމަށް ބޭސްފަރުވަ ކުރައްވަން ވަޑައިގަންނަވަންޖެހޭ.