ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 19:49
ޑރ. އަބްދުލް މުޙުސިން މުޙައްމަދު
ޑރ. އަބްދުލް މުޙުސިން މުޙައްމަދު
ރައީސް އޮފީސް
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފި
ޑރ މުހުސިން ދިވެހި ސަރުކާރަށް ޙިދުމަތްކުރާތާ 22 އަހަރު ވަނީ ފުރިފައި

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފިއެވެ.

ޑރ. މުޙުސިން މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ.

ޑރ މުހުސިން ވަނީ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައެވެ.
ޑރ މުހުސިން ދިވެހި ސަރުކާރަށް ޙިދުމަތްކުރާތާ 22 އަހަރު ވެއްޖެއެވެ. އަދި ޑރ މުޙުސިންވަނީ ކުރިން ސިވިލް ސާރވިސް ކޮމިޝަންގެ  ނައިބުރައީސްގެ މާޤާމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ކަންވެސް ކުރައްވާފައެވެ.

ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ވެސް ނުވަ ބޭފުޅަކު ތިއްބަވައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ޑރ މުޙުސިން އައްޔަންކުރުމާއި ގުޅިގެން 10 އަކަށް އަރައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް