ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 18:53
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދު މަހްލޫފް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދު މަހްލޫފް
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މަޖިލީހުގެ 20 މެންބަރުންގެ ގަޔަށް ބަޑި ޖަހާ މަރާލިއަސް ސަރުކާރަކަށް ދެނެއް މެޖޯރިޓީއެއް ނުހޯދޭނެ:މަހްލޫފް
ދެނެއް 43 މެންބަރުން ހަމަކޮށްގެން ސަރުކާރަކަށް މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ
މެންބަރުންނަށް ދައުވާ ކުރުމަށް ފޮނުވަނީ ބިރުދައްކަން
ކިތައްމެ ވަރަކަށް ބިރުދެއްކިއަސް މެންބަރުން ފަހަތަކަށް ނުޖެހޭނެ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން އެމެޖޯރިޓީ ހޯދުމަށް ރައީސް ޔާމީން ހަވާލު ކުރެއްވީ ފުލުހުންނަށް ކަމަށާއި 20 މެންބަރުންގެ ގަޔަށް ބަޑިޖަހާ މަރާލި ކަމަށް ވިއަސް ސަރުކާރަށް ދެން މެޖޯރިޓީ ނުލިބޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާން އަހްމަދު މަހްލޫފް ވިދާޅުވެއްޖެވެ.


އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލި ރައްޔިތުންގެ ތާއީދު ގެއްލި އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ ފަރާތްތައް އިތުރުވަމުންދާ ކަމަށެވެ. އެކަމާހުރެ ރައީސް އަބްދުﷲ ޔާމީނަށް ގޮތް ހުސްވުމުން މެޖޯރިޓީ ހޯދުމުގެ މަސައްކަތް ފުލުހުންނާ ހަވާލުކޮށްފައިވާ  ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި ފޮނުވުމަށް އިޝާރާތް ކުރައްވާ މަހުލޫފު ވިދާޅުވީ ސަރުކާރުން ފިޔަވަޅު އަޅާފައިވަނީ އިދިކޮޅު 12 މެންބަރެއްގެ މައްޗަށް އެކަނި ނޫން ކަމަށާއި މިހާރު ވެސް އިދިކޮޅު ހަތަރު މެންބަރަކު ހައްޔަރުކޮށްފައިވާ އިރު އިތުރު ބައެއް މެންބަރުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.

"ޙަޤީގަތަކީ 12 މެންބަރުންނެއް ނޫން.. ޖަލުގައި މިހާރު ވެސް ހައްޔަރުކޮށްފައި އެބަތިބި އަމީތާ، ސައުދާ، ވަހީދާ، ފާރިސްއާ. ރިޔާޒްގެ މައްސަލަ ، ޤާސިމްގެ މައްސަލަ އެބަ ހިނގާ. އެތައް  މެންބަރުންގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައި. މަޖިލީހުގެ މެޖޯރިޓީ ގެއްލުނީމަ އެމެޖޯރިޓީ ހޯދަން ހަވާލު ކުރެއްވީ ފުލުހުންނާ. 20 މެންބަރުން ގަޔަށް ރައީސް ޔާމީން ބަޑިޖަހާ މަރާލިއަސް ދެން ސަރުކާރަކަށް މެޖޯރިޓީއެއް ނުހޯދޭނެ" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ އިދިކޮޅު 12 މެންބަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އެ މެންބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެއީ ބޭކާރު ކަމެއް ކަމަށާއި އިދިކޮޅު އެއްވެސް މެންބަރަކު ފަހަތަށް ނުޖެހޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.


ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކަށް ސަރުކާރުގެ ކުންފުނިތަކާއި ސިވިލްސަރވިސް މުވައްޒަފުންނަށް ބިރުދައްކައިގެން ގެންދާކަމަށް ބުނެ މަހްލޫފް ވިދާޅުވީ އެވަޒީފާތަކަކީ ރައީސް ޔާމީންގެ ހެޔޮފުޅު ކަމުން އެމީހުންނަށް ލިބިފައިވާ ވަޒީފާތަކެއް ނޫން ކަމަށާއި އެޖަލްސާތަކަށް އެމީހުންނަަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ހާހަކަށް ވުރެ ގިނަ ސިޔާސީ ވަޒީފާތައް އުފައްދާފައިވާ ކަމަށާއި އެމީސް މީހުން އެޖަލްސާތަކަށް ގެއްދިއުން މާ ރަނގަޅުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް