ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 17:47
އަހްމަދު މަހްލޫފް ޕްރެސް ދެއްވަނީ
އަހްމަދު މަހްލޫފް ޕްރެސް ދެއްވަނީ
މުހައްމަދު ފަޒީން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މިރޭ ކުނޫޒްގައި ބާއްވާ ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ:މަހްލޫފް
މަގުތައް ބަންދުކޮށް ސެކިއުރިޓީ ފުލުހުން ބަލަހައްޓައެއް ނުދިން
ރައީސް މައުމޫންގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަ ދައްކަވާނެ
އިށީނދެ ތިބެ ޖަލްސާއެއް ބޭއްވޭނެ ތަނެއް ދިނުމަށް އެދެމުން ދާތާ ކިތަންމެ ދުވަހެއް

ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި މިރޭ ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިޖަލްސާގައި ބައިވެރިވަޑައިގެން ވާހަކަ ދެއްކެވުމަށް މި ނިންމެވީ އާލާސްކަންފުޅުގެ ސަބަބުން ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތަކުން ފެނުން ކުޑަދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށް ފަހުގައެވެ.

ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަހްލޫފް ވިދާޅުވީ މިރޭ މ ކުނޫޒްގައި ބާއްވާ ޖަލްސާ ފެށޭނީ 9:15 ގައި ކަމަށާއި މިޖަލްސާއަކީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި ފާހަގަ ކޮށްލެވޭ އިތުރު ހަޤީގަތްތައް ހާމަވެގެންދާނެ ޖަލްސާއެއް ކަމަށެވެ.

މަހްލޫފް ވިދާޅުވީ ޕީޕީއެމުން ގަލޮޅުގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަގަހަ ހުޅުވުމުގެ ހަރަކާތް ބޭއްވުމަށް މަގު ބަންދުކޮށްގެން ހިންގާފައިވާއިރު އެސަރަހައްދުގެ ބައެއް މީހުންނަށް އުނދަގޫވެގެން އެޝަކުވާ ކޮށްފައިވާ ކަމަށެވެ. އަދި އެހަރަކާތަށް މަގު ބަންދުކޮށް ފުލުހުން ސެކިއުރިޓީ ބަލަހައްޓައިދީފައިވާއިރު މިރޭގެ ޖަލްސާއަށްޓަކއި ކުނޫޒް ދޮރުމަތީގައި ގޮނޑިޖަހައިގެން ޖަލްސާ ބޭއްވޭނެ ގޮތަށް ކަންކަން ކޮށްދިނުމަށް ފުލުހުން ގާތު އެދިފައިވާނެ ކަމަށެވެ.

ނަމަވެސް އެކަން އެގޮތައް ކުރެވޭނީ ހައުސިންގ މިނިސްޓްރީގެ ހުއްދައާއެކު ހުށަހެޅުމުން ކަމަށް ފުލުހުން ޖަވާބު ދެއްވާފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ތަނެއްގައި ހަމަޖެހިލައިގެން އިށީނދެ ތިބެ ޖަލްސާއެއް ބާއްވާނެ ފުރުސަތު ލިބިފައި ނުވާ ކަމަށާއި އެފަދަ ފުރުސަތެއް ދިނުމަށް ސަރުކާރުގައި ތަކުރާރުކޮށް އެދެމުންދާ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް މައުމޫންގެ އިތުރުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވަނީ އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މެންބަރު ޝިދާތާ ޝަރީފާއި، އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޢަބްދުﷲ ރިޔާޒާއި ، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް